ބްރައިޓަން ބަލިކޮށް ނިއުކާސަލް ޗެމްޕިއަންސް ލީގާ ފިޔަވަޅަކާ ގާތަށް

May 19, 2023, 1:46 AM
ނިއުކާސަލްގެ ގިމަރޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ ގިމަރޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 4-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެެ.

ލީގުގައި ނިއުކާސަލް އަށް ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އެ ޓީމަށް ގަދަ ހަތަރެއް ޔަގީންވާނެ އެވެ. ނިއުކާސަލް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ހަތަރު ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ނިއުކާސަލް އަށް 36 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ވަނީ 35 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. އަދި ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ލިވަޕޫލްގެ އޮތީ 36 މެޗުން 65 ޕޮއިންޓެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި 22 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މިއީ ނިއުކާސަލްގެ ކިއެރަން ޓްރިޕިއޭ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބްރައިޓަންގެ ފޯވާޑް ޑެނިސް އުންޑާވް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލްގެ ދެ ވަނަ ގޯލު ޖެހީ ކުރިން ބްރައިޓަން އަށް ކުޅުނު ޑޭން ބާން އެވެ. ބާން މި ގޯލު ޖެހީ ޓްރިޕިއޭ ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، މެޗުގެ 51 ވަނަ މިނިޓްގައި އުންޑާވް ވަނީ ގޯލެއް ޖަހައި ބްރައިޓަން އަށް އުންމީދެއް ހޯދައިދީފަ އެވެ.

ނިއުކާސަލް އިން އަނެއް ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން މެޗުގެ 89 ވަނަ މިނިޓްގައި މިގޭލް އަލްމިރޯން ދިން ބޯޅައަކުން ކަލުމް ވިލްސަން ވަނީ ނިއުކާސަލަށް އަލުން ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވިލްސަން ދިން ބޯޅައަކުން ނިއުކާސަލްގެ ފަހު ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މިޑްފީލްޑަރު، ބްރޫނޯ ގިމަރޭޒް އެވެ.

ނަވާރަ އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތް ކުރަމުން އަންނަ ނިއުކާސަލުން ދެން ކުޅެން އޮތީ ލެސްޓާ ސިޓީއާ ކުޅޭ މެޗާއި ޗެލްސީއާ ބައްދަލުކުރާ މެޗެވެ. މިތަނުން އެއް މެޗުން މޮޅުވިޔަސް، ނިއުކާސަލަށް 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ޗެމްޕިއަންސް ލީގުގެ ވާހަކަ ދައްކަން ބޭނުންވަނީ ކޮލިފައިވެއްޖެނަމަ އެ އަށް ފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox