އިންޑިއާ ކަނޑުގައި ޗައިނާގެ މަސް ބޯޓެއް ބަންޑުން ޖަހާލައި 39 މީހުން ގެއްލިއްޖެ

ޗައިނާގެ މަސް ބޯޓެއް. -- ފޮޓޯ: ޑީޑަބްލިއު

ޗައިނާގެ މަސް ބޯޓެއް. -- ފޮޓޯ: ޑީޑަބްލިއު

ބެއިޖިން، ޗައިނާ (މޭ 17) - އިންޑިއާ ކަނޑުގެ މެދުގައި ޗައިނާގެ މަސް ބޯޓެއް ބަންޑުން ޖަހާލައި 39 މީހުން ގެއްލުމުން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ގެއްލުނު މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބޯޓާއި ވައިގެ އުޅަނދުތައް ބައިވެރިވެ އެވެ. ޗައިނާގެ ސީސީޓީވީން ބުނީ އެ ހާދިސާ ހިނގީ އަންގާރަ ދުވަހުގެ ދަންވަރު ކަމަށެވެ.

ބޯޓުގެ ކްރޫ މެމްބަރުންގެ ތެރޭގައި ތިބީ ޗައިނާގެ 17 މީހުންނާއި އިންޑޮނީޝިއާގެ 17 މީހުންނާއި ފިލިޕީންސްގެ ފަސް މީހުން ކަމަށް ސީސީޓީވީން ބުންޏެވެ.

މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނަށް އެއްބާރުލުން ދިނުމަށް ރައީސް ޝީ ޖިންޕިން އާއި ބޮޑު ވަޒީރު ލީ ޗިއާންގް ވަނީ ޑިޕްލޮމެޓުންނާއި ދަނޑުވެރިކަމާއި ދަތުރުފަތުރާ ބެހޭ މިނިސްޓްރީއަށް އަންގަވައިފަ އެވެ.

ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް ނޭނގެ އެވެ.

މީހުން ހޯދުމުގެ އޮޕަރޭޝަނަށް އެހީވާން ބޭނުންވާ ކަމަށް އޮސްޓްރޭލިއާ، އިންޑޮނީޝިއާ އަދި ފިލިޕީންސުން ވެސް ވަނީ ބުނެފަ އެވެ. ބޯޓު ބަންޑުން ޖަހާލީ އޮސްޓްރޭލިއާގެ ހުޅަނގު އުތުރުން 4،600 ކިލޯމީޓަރު ދުރުން ކަމަށް ބެލެވެ އެވެ.

އޮސްޓްރޭލިއާގެ ވައިގެ އުޅަނދުތަކުން އެ ސަރަހައް ބަލައި ފާސްކުރަމުންދާ އިރު، މިހާތަނަށް ގެއްލުނު އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. އެހެން ނަމަވެސް ބޯޓު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ އޮޕަރޭޝަން ކުރިއަށް ދަނީ އިންޑިއާ ކަނޑުގެ މެދެއްހާ ހިސާބުގަ އެވެ. ބޯޓުގެ ޓްރާންސްމިޓާގެ ސިގްނަލް ލިބުނީ ސްރީލަންކާގެ ދެކުނުން 1000 ކިލޯމީޓަރު ދުރުންނެވެ.

އެހެންވެ، މީހުން ހޯދުމުގެ އޮޕަރޭޝަންގެ ފޯކަސް ހުރީ ރާއްޖެއާ ގާތްގަނޑަކަށް 500 ކިލޯމީޓަރު އުތުރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox