އޭއައި ރެގިއުލޭޓް ކުރުމަށް ޗެޓްޖީޕީޓީގެ ފައުންޑަރު އެދެފި

އޮލްޓްމަން ހުށަހެޅީ އޭއައި ކުންފުނިތަކަށް ލައިސަންސް ދިނުމުގެ ޒިންމާ އުފުލާ އާ އިދާރާއެއް އުފެއްދުމަށް

އޮލްޓްމަން ހުށަހެޅީ އޭއައި ކުންފުނިތަކަށް ލައިސަންސް ދިނުމުގެ ޒިންމާ އުފުލާ އާ އިދާރާއެއް އުފެއްދުމަށް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީހާވެސް އަވަހަކަށް ރެގިއުލޭޓް ކުރުން މުހިންމު ކަމަށް ޗެޓްޖީޕީޓީގެ ފައުންޑަރު އަދި އޯޕެންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އިލްތިމާސްކޮށްފި އެވެ.

އޭއައި ގެ ދާއިރާއިން ރެގިއުލޭޝަން ހެދުމުގެ ބޭނުން ބޮޑުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޯލްޓްމެން ވަނީ އެމެރިކާގެ ސެނެޓްގެ ކޮމިޓީއަކަށް އަންގާރަ ދުވަހު ހާޒިރުވެފަ އެވެ. އޭއައި އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވާ އޮލްޓްމަން ވަނީ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ މި ޓެކްނޮލޮޖީއާ ގުޅިފައިވާ ކުރިއެރުންތަކާއި ކުރިމަތިވެދާނެ ވަޅުގަނޑުތައް ސެނެޓަށް ހިއްސާކޮށްފަ އެވެ.

އެގޮތުން އޮލްޓްމަން ވަނީ ތައާރަފުކުރަމުންދާ އޭއައި މޮޑެލްތަކުގެ ސައްހަކަމާއި އިތުބާރާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭއައިގެ ރަސްކަން ކުރާ ޗެޓްޖީޕީޓީ ފަދަ ޕްރޮގްރާމްތަކުން ވެސް ބައެއް ހާލަތްތަކުގެ ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދީފާނެކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް އޮލްޓްމަން ހުށަހެޅީ އޭއައި ކުންފުނިތަކަށް ލައިސަންސް ދިނުމުގެ ޒިންމާ އުފުލާ އާ އިދާރާއެއް އުފެއްދުމަށެވެ. އަދި އޭއައި ޓެކްނޮލޮޖީތައް ވަކި މިންގަނޑުތަކަކަށް ފެތޭކަން ކަށަވަރުކޮށް މިނިވަން އޮޑިޓްތަކެއް ކުރެވޭ ބައެއްކަމަށް ހެދުމުގެ މުހިންމުކަމަށް ވެސް އޮލްޓްމަން އަލިއަޅުވާލި އެވެ.

އަޑުއެހުމުގައި އޮލްޓްމަން ވަނީ އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރާ މެދު ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭއައި އޮޓޮމޭޝަންގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތްކަން ގަބޫލުކުރާކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. އަދި މިފަދަ ހާލަތެއްގައި އޭއައި އިން ކުރިމަތިވެދާނެ ބުރޫއެރުމާ ބެހޭ ގޮތުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ސާފު މުއާމަލާތްތައް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.

އޮލްޓްމަން ފާހަގަކުރި އަނެއް މުހިންމު މައްސަލައަކީ މައުލޫމާތު އޮޅުވާލާ ޑިމޮކްރެޓިކް ޕްރޮސެސްއަށް ނުފޫޒު ފޯރުވުމަށް އޭއައިގެ ނަހަމަ ގޮތުގައި ބޭނުން ކުރެވިދާނެ ކަމެވެ. އެގޮތުން އިންތިހާބުތަކަށް އަމާޒުކޮށްގެން ގޯސް މައުލޫމާތު ފެތުރުމަށް އޭއައި ބޭނުން ކުރެވިދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފަ އެވެ. އެހެންކަމުން ޑިމޮކްރަސީ ރައްކާތެރި ކުރުމަށް ވެސް އޭއައި ޓެކްނޮލޮޖީތައް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.

އޮލްޓްމަންގެ ހެކިބަހަށް ސެނެޓަރުންގެ ތާއީދު ލިބުނުއިރު، ސެނެޓަރުން ވެސް ވަނީ އޭއައި އިންޑަސްޓްރީ ބެލެހެއްޓުމަށް ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމުގެ މުހިންމުކަމަށް އެއްބަސްވެފަ އެވެ. ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޖޯޝް ހޯލީ ވަނީ އޭއައި ޓެކްނޮލޮޖީގެ ބާރުގަދަކަމާއި "އެޓޮމިކް ބޮމްބް" އީޖާދުކުރުމާ އަޅާކިޔައި، ޒިންމާދާރު ބެލެހެއްޓުމެއްގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވާފައެވެ.

ޑިމޮކްރެޓިކް ސެނެޓަރު ރިޗާޑް ބްލޫމެންތަލް ވަނީ އޭއައި "ޑޮމިނޭޓެޑް" މުސްތަގުބަލަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެހެނެކަމުން އޭއައިގެ ހެޔޮ އަސަރު ވީހާވެސް ބޮޑުކުރަން އިސްކަންދީ ނުރައްކާތައް ކުޑަކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ގެއްލުނުކަން ފާހަގަކުރައްވައި، އޭއައި ރެގިއުލޭޓް ކުރުމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

އޭއައި ރެގިއުލޭޝަން މުހިންމު ކަމަށް ސެނެޓުން އިއްތިފާގުވެވަޑައިގެން ނަމަވެސް، ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ އޭއައި ޓެކްނޮލޮޖީއާ އެއްވަރަށް އެއްވެސް ރެގިއުލޭޓަރީ އިދާރާއަކަށް ކުރިއަށް ގެންދެވޭނެ ކަމާ މެދު ބައެއް ސެނެޓަރުންގެ ކަންބޮޑުވުން ހުއްޓެވެ. އެގޮތުން ސެނެޓަރުން ވަނީ ރެގިއުލޭޓަރީ އިދާރާގައި މިފަދަ ބޮޑު ސިނާއަތެއް ބެލެހެއްޓުމަށް ބޭނުންވާ ގާބިލްކަން ހުންނާނެތޯ ސުވާލު އުފައްދާފަ އެވެ.

އޮލްޓްމަންގެ ހެކިބަސް ދީފައިވަނީ އޭއައި ޓެކްނޮލޮޖީގެ ހަލުވި ތަރައްގީއާ މެދު ކަންބޮޑުވުން ފާޅުކުރާ ތަޖުރިބާކާރުންގެ އަޑު ގަދަވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. "އޭއައިގެ ގޯޑްފާދަރ" ގެ ނަމުން މަޝްހޫރު ޑރ.ޖެފްރީ ހިންޓަން އަކީ އޭއައި އިން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox