މިލާނުގެ އުންމީދުތައް ލެއާއޯގެ ފިޓްނަސްއާ ގުޅިފައި

May 16, 2023, 9:30 AM
މިލާނުގެ އުންމީދުތައް ލެއާއޯގެ ފިޓްނަސްއާ ގުޅިފައި

މިލާން (މެއި 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް އޭސީ މިލާނުން ކުޅޭ މެޗަށް ނުކުންނައިރު، އެ ޓީމުން އެންމެ ބޮޑަށް ބަލަމުން އަންނަ އެއް ކަމަކީ އެ ޓީމުގެ ތަރި ރަފައެލް ލެއާއޯ މި މެޗަށް ފިޓްވެ، ކުޅެވުން ކަމަށް ދޭހަވާ ގޮތަށް މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ވާހަކަ ދައްކައިފި އެވެ.

އިޓާލިއަން ލީގުގައި މި މަހު ހަ ވަނަ ދުވަހު، ލާޒިއޯ އަތުން މިލާން މޮޅުވި މެޗުގައި ލެއާއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އިންޓައާ ކުޅުނު މެޗުގައި ނުކުޅެވުނެވެ. ފުރަތަމަ ލެގުން އިންޓަ އިން ވަނީ 2-0 އިން މިލާން ބަލިކޮށްފަ އެވެ. އެހެންކަމުން، ހަތް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައިވާ މިލާނުން އަނެއްކާ ވެސް ފައިނަލަކަށް ދެވެން އޮތީ މިރޭގެ މެޗުން ދެ ގޯލުގެ ނަތީޖާއެއް އަނބުރާލައިގެންނެވެ.

ފައިނަލަށް ދިއުމުގެ އުންމީދު އެބައޮތް ކަމަށް ބުނެ، ޕިއޯލީ ވަނީ އެ ޓީމުގައި މި ވަގުތު އަނިޔާގައި ހުރި ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ވާހަކަ ދައްކައިފަ އެވެ، އޭގެ ތެރެއިން އެންމެ މުހިންމު ކުޅުންތެރިއަކީ ލެއާއޯ އެވެ.

"ލެއާއޯ ވެސް ރަނގަޅު، ހަމަ ކްރުނިޗް އާއި މެސިއަސް ވެސް އެ ގޮތަށް، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އެ އެންމެންނަށް ވެސް މެޗުގައި ކުޅެވޭނެ،" ޕިއޯލީ ބުންޏެވެ.

މިދިޔަ ހަފްތާގައި ފުރަތަމަ ލެގުން ބަލިވި މެޗަށް ފަހު ޕިއޯލީ ވަނީ ޓީމުގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެެވެ. ޕިއޯލީ ބުނީ ނަތީޖާ އަނބުރާލައި ފައިނަލަށްދާނަމަ މިލާނަށް ދެން އިތުރު ގޯހެއް ހަދައިގެން ސަލާމަތްވެވޭނެ ފުރުސަތެއް ނެތް ކަމަށެވެ.

"ފަރުވާ ބަހައްޓައިގެން ޕްލޭނާ އެއްގޮތަށް ގޮސްގެން މިކަން ކުރެވޭނެ،" ޕިއޯލީ ބުންޏެވެ.

އިންޓަ މިލާނުން މަސައްކަތް ކުރަމުން އަންނަނީ 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށެވެ. އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ ފުރަތަމަ މެޗުގެ ނަތީޖާ އަކީ އެޑްވާންޓޭޖެއް ނަމަވެސް އެ އަށް ވިސްނައިގެން މި މެޗުގެ ޕްލޭންތައް ނުހަދާނެ ކަމަށެވެ. މިލާނަކީ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ތާރީހެއް އޮތް ޓީމެއް ކަމަށާއި އިންޓަ އިން މި މެޗުގައި ސަމާލުވާން ޖެހޭނެ ހުރިހާ ކަމަކަށް ވިސްނައި، ކުޅޭނީ މޮޅުވާން ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު، އިންޓަ އިން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ.

އިޓަލީގެ ފުޓްބޯޅައިގެ ސިޓީއެއް ގޮތުގައި އޮތް، މިލާނަށް ނިސްބަތްވާ ދެ ޓީމު، އިންޓަ އާއި މިލާންގެ މެދުގައި މިހާތަނަށް 236 މެޗު (ރަސްމީކޮށް ސްޓެޓްސް ނަގަން ފެށިފަހުން) ކުޅެވިފައިވާއިރު، އިންޓަ 88 މެޗުން އަދި މިލާން 79 މެޗުން ވަނީ މޮޅުވެފަ އެވެ. އަދި 69 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިލާނާއި އިންޓަ ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގު ފަށާނީ މިރޭ 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox