ވީޑިއޯކުލަބް ކިޑްސް ފިއެސްޓާ: ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް!

May 10, 2023, 2:30 PM
ވީޑިއޯކުލަބް ކިޑްސް ފިއެސްޓާ: ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް!

މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ މީޑިއާނެޓުން މި ކިޔަނީ ތަފާތު ގޮތަކަށެވެ.

ކުޑަކުދިންގެ ތެރޭގައި މަގުބޫލު ނިކް ޖޫނިއާ ޗެނަލްގެ ގިނަ ޝޯތައް ވީޑިއޯ ކުލަބުން މިހާރު ސްޓްރީމް ކޮށްލެވޭނެ އެވެ. ނިކް ޖޫނިއާ އިން ކުޑަކުދިންގެ ތަރުހީބު ހޯދާފައިވާ ޝޯތައް ކަމަށްވާ "ބްލޭޒް އެންޑް ދަ މޮންސްޓާ މެޝިން"، ބްލޫސް، ކްލޫސް، އެންޑް ޔޫ"، "ބަބްލް ގަޕީސް"، "ބަޓާބީންސް ކެފޭ"، "ޕޯ ޕެޓްރޯލް" އަދި "ޓޮޕް ވިންގްސް" މިހާރު ވީޑިއޯކުލަބުން ސްޓްރީމް ކޮށްލެވޭނެ އެވެ. މިޝޯތައް ވީޑިއޯ ކުލަބުގެ ޕްލެޓްފޯމަށް މުޅިން އަލަށް އައިސްފައި ވާއިރު، މީގެ ތެރެއިން ކޮންމެވެސް ދެ ޝޯއެއްގެ އާ ސީޒަނެއް ކޮންމެ ހަފްތާއަކު ވީޑިއޯކުލަބުން ރިލީޒްކުރާނެ އެވެ. ވީޑިއޯކުލަބަށް މިޝޯތައް އައުމުގެ އުފަލުގައި ވީޑިއޯކުލަބުން މިއަދު ވަނީ ކުޑަކުދިންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. "ވީޑިއޯކުލަބް ކިޑްސް ފިއެސްޓާ" ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން 10 ގެ ނިޔަލަށް ކަމަށް މީޑިއާނެޓުން ބުންޏެވެ.

ނިކް ޖޫނިއާގެ ޝޯތަކުގެ އިތުރުން ވީޑިއޯކުލަބުން މިހާރުވެސް ބެލޭނެ އެނިމެކްސްގެ އެނިމޭ ޝޯތައް ވެސް މި ޕްރޮމޯޝަންގައި ފީޗާ ކޮށްފައިވެ އެވެ. އެނިމެކްސްގެ މަޝްހޫރު އެނިމޭތައް ކަމަށްވާ "ހޮރިމިޔާ"، "ހައިކްޔޫ"، އިންސްޕެކްޓާ" އަދި " މިޓްސުބޮޝީ ކަލާސް" ހިމެނެ އެވެ. ވީޑިއޯކުލަބަށް ސަބްސްކުރައިބް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތަކަށް ކޮންމެ ހަފްތާއަކު ގިފްޓް ހެމްޕާއެއް ލިބުމުގެ ފުރުސަތު އޮތްއިރު، ގިފްޓް ހެމްޕާގައި ހިމެނިފައިވަނީ މުޅިންވެސް ނިކް ޖޫނިއާ އަދި އެނިމެކްސް ގެ ޝޯތަކުގެ އޮރިގިނަލް މާޗެންޑައިޒް އެވެ. މީގެ ތެރޭގައި ކުޅޭ ސާމާނާއި، ސްޓޭޝަނަރީގެ އިތުރުން އެހެނިހެން މެމޮރެބްލިއާ ހިމެނިފައިވާނެ އެވެ. ޕްރޮމޯޝަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ވީޑިއޯކުލަބުން ވަނީ ވީޑިއޯކުލަބް ކިޑްސް ފިއެސްޓާގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަން ހަމަޖެހިފައިވާ މި އިވެންޓްގައި ކުޑަކުދިންނާއި ގުޅޭން ތަފާތު އެކިއެކި ހަރާކާތްތައް ހިމެނިފައި ވާނެއެވެ. މިއިވެންޓް އޮންނާނެ ދުވަހަކާއި ރަށްތައް ވީޑިއޯކުލަބުން ވަރަށް އާންމުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox