އެޕަލްގެ އައިފޯން އުފައްދާ ފޮކްސްކޮން ކުންފުނިން އިންޑިއާގެ ބޮޑު ބިމެއް ގަނެފި

އެޕަލްގެ ފުރަތަމަ ރީޓެެއިލް ފިހާރަތައް އިންޑިއާގައި ހުޅުވީ މިދިޔަ މަހު. -- ފޮޓޯ: އޭއެފްޕީ

އެޕަލްގެ ފުރަތަމަ ރީޓެެއިލް ފިހާރަތައް އިންޑިއާގައި ހުޅުވީ މިދިޔަ މަހު. -- ފޮޓޯ: އޭއެފްޕީ

ބެންގަލޫރު، އިންޑިއާ (މޭ 9) - އެޕަލްގެ އައިފޯން އުފައްދާ ފޮކްސްކޮން ކުންފުނިން އިންޑިއާގެ ޓެކްނޮލޮޖީގެ މައި މަރުކަޒު ބެންގަލޫރުގެ ހިސާބަކުން ބޮޑު ބިމެއް ގަނެފި އެވެ.

އެޕަލްގެ ފޯނު އުފެއްދުމުގައި ޗައިނާއާ ދުރަށް ދިޔުމަށް ޓައިވާންގެ ފޮކްސްކޮން ކުންފުނިން މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިން ބުނީ އިންޑިއާގައި އައިފޯން ފެކްޓްރީއެއް ހުޅުވާނެ ކަމަށެވެ.

ފޮކްސްކޮން ނުވަތަ ހޮން ހައި ޕްރިސިޝަން އިންޑަސްޓްރީއަކީ ކޮންޓްރެކްޓް އުސޫލުން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް އުފައްދާ ކުންފުނި އަދި އެޕަލްގެ އައިފޯންތައް އުފައްދާ މައި ކުންފުންޏެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާއި، ސިނާއީ މަސައްކަތްތެރިން އިހްތިޖާޖު ކުރުމާއި، ޑިޕްލޮމެޓިކް ނުތަނަވަސްކަމުގެ ސަބަބުން އެޕަލް އާއި ފޮކްސްކޮންއިން ވެސް ބޭނުންވަނީ ފެކްޓްރީތައް ޗައިނާއާ ދުރަށް ގެންދިޔުމަށެވެ.

ބެންގަލޫރު އެއާޕޯޓް ކައިރިން ދެވަނަހައްލި ސަރަހައްދުން ފޮކްސްކޮން ހޯދި 1.2 މިލިއަން އަކަމީޓަރުގެ ބިމުގެ ވާހަކަ އިއުލާން ކުރީ ލަންޑަންގެ ސްޓޮކް އެކްސްޗޭންޖުގައި އިއްވި ބަަޔާނެއްގަ އެވެ.

އެ ބިމަށް ފޮކްސްކޮން ހޮން ހައި ޓެކްނޮލޮޖީ އިންޑިއާ މެގަ ޑިވެލޮޕްމަންޓުން ދައްކަނީ 37 މިލިއަން ޑޮލަރު ކަމަށް ބަޔާނުގައި ހާމަކުރި އެވެ.

އޭގެ އިތުރުން ވިއެޓްނާމްގެ ސަރަހައްދަކުން 480،000 އަކަމީޓަރުގެ ބިމެއް ހޯދަން ވެސް ފޮކްސްކޮންއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މާޗް މަހު އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ޗީފް މިނިސްޓަރު ބަސަވަރާޖް އެސް ބޮއްމާއި ވިދާޅުވީ އެޕަލްއިން ވަރަށް އަވަހަށް އައިފޯން އުފައްދަން ފަށާ އާ ފެކްޓްރީއާ އެކު އިތުރު 100،000 ވަޒީފާ އުފެދޭނެ ކަމަށެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓުކުރި ގޮތުގައި ފޮކްސްކޮންއިން ރާވާފައި ވަނީ ކަރްނާޓަކާގައި އާ ފެކްޓްރީ އެޅުމަށް 700 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށެވެ.

ފޮކްސްކޮންގެ ޗެއާމަން ޔަންގް ލިއު އޭރު އެ ސްޓޭޓަށް ކުރެއްވި ދަތުރުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ވެސް ބައްދަލުކުރެއްވި އެވެ.

ޓަމިލް ނާޑޫގައި އެޅި ފެކްޓްރީއެއްގައި 2019 ވަނަ އަހަރުން ފެށިގެން ފޮކްސްކޮންއިން ދަނީ އެޕަލްގެ ހޭންޑްސެޓުތައް އުފައްދަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އަންނަ ހަފުތާގައި ތެލަންގަނާ ސްޓޭޓުގައި ހުޅުވާ އާ ފެސިލިޓީއެއް އިފުތިތާހު ކުރާނެ ކަމަށެވެ.

ޓައިވާނުގެ އިތުރު ދެ ކުންފުނި ކަމަށްވާ ވިސްޓްރޮން އަދި ޕެގަޓްރޮންއިން ވެސް އިންޑިއާގައި އެޕަލްގެ ޑިވައިސްތައް އުފައްދައި އެސެމްބަލް ކުރުމުގެ މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox