ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ހައްޔަރުކޮށްފި

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭޕީ

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: އޭޕީ

އިސްލާމްއާބާދް، ޕާކިސްތާން (މޭ 9) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އަންގާރަ ދުވަަހު ކޯޓަށް ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

މިދިޔަ އަހަރު ބޮޑު ވަޒީރުކަމުން ބޭރުކޮށްލި ފަހުން އިމްރާން ހާންއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ކޯޓުގައި ދަނީ ކުރިއަށެވެ. އެއީ ސިޔާސީ މަގުސަދެއްގައި ހިންގާ މައްސަލަތަކެއް ކަމަށް އިމްރާން ހާން ތުހުމަތު ކުރައްވަ އެވެ.

އިމްރާން ހާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއިން ގޮވާލީ ހުރިހާ ސަޕޯޓަރުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމަށެވެ. އެހެން ނަމަވެސް އެއް ފަހަރާ ހަތަރު މީހުންނަށް ވުރެ ގިނައިން އެއް ތަނެއްގައި ތިބުން މަނާކުރާ އަމުރެއް ތަންފީޒު ކުރާނެ ކަމަށް ފުލުހުން އިންޒާރު ދިނެވެ.

އިމްރާން ހައްޔަރު ކުރުމަށް ފަހު މި ވަގުތު ހުންނެވީ އިސްލާމްއާބާދުގެ ހައި ކޯޓުގައި ކަމެއް ނުވަތަ އެހެން ތަނެއްގައި ކަމެއް ސާފެއް ނޫނެވެ.

"އިމްރާން ހައްޔަރު ކުރީ ގާދިރް ޓްރަސްޓް މައްސަލައިގައި،" އިސްލާމްއާބާދްގެ ފުލުހުން ކުރި ޓްވީޓެއްގައި ބުންޏެވެ. އެއީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެކެވެ.

ޕާކިސްތާނުގެ ޓީވީ ސްޓޭޝަންތަކުން ދެއްކި މަންޒަރުތަކުން ފެންނަނީ ކޯޓުގެ ބޭރުގައި އެތައް ސަތޭކަ ޕީޓީއައި ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ތަނެވެ.

ޕާކިސްތާނުގެ ސިފައިންގެ އިސްވެރިޔަކު އިމްރާން ހާން އަވަހާރަކޮށްލަން ރޭވި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވުމުން، ހޯމަ ދުވަަހު ސިފައިން ވަނީ "އަސާސެއް ނެތް" ތުހުމަތު ކުރުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ.

ހޯމަ ދުވަހު ސިފައިން ދިން ރައްދުން ހާމަވަނީ ސިފައިންނާއި އިމްރާން ހާންއާ ދެމެދު އޮތް ގުޅުން ގޯސްވެފައި އޮތް މިންވަރު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޕާކިސްތާނުގެ ނުފޫޒު ގަދަ ސިފައިން މީގެ ކުރިން އެތައް ފަހަރަކު ބަގާވާތްކޮށްފައިވެ އެވެ.

މީގެ ކުރިން ސިފައިންގެ ތާއީދު ލިބި 2018 ގައި ވެރިކަމާ ހަމައަށް އިމްރާން ހާން ވަޑައިގެންނެވީ ސިފައިންގެ އިސްވެރިންގެ އެއްބާރުލުމާ އެކު އެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު ޕާލަމެންޓުން ނެގި އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް ސިފައިން އިމްރާން ހާނަށް ތާއީދުކުރުން ހުއްޓާލި އެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސީ ކާރިސާގެ ތެރެއިން އިމްރާން ހާން ސަރުކާރަށް ޕްރެޝަރު ކުރައްވަނީ އަވަހަށް އިންތިހާބު ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox