އިންޑިއާގައި ބޯޓެއް ބަންޑުން ޖަހާލައި 22 މީހުން މަރުވެއްޖެ

ބޯޓު ބަންޑުން ޖަހާލީ ކެރަލާ ސްޓޭޓުގައި. -- ފޮޓޯ: އޭއެފްޕީ

ބޯޓު ބަންޑުން ޖަހާލީ ކެރަލާ ސްޓޭޓުގައި. -- ފޮޓޯ: އޭއެފްޕީ

މަލައްޕުރަމް، އިންޑިއާ (މޭ 8) - އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުގައި ދެ ފަންގިފިލާގެ ޓޫރިސްޓު ބޯޓެއް ބަންޑުން ޖަހާލައި 22 މީހުން މަރުވެއްޖެ އެވެ.

އޮފިޝަލުން ބުނީ އެ ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ރޭ މަލުއްޕަރަމް ޑިސްޓްރިކްޓުގެ ތަނޫރް އަވަށުގައި ކަމަށެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.

ބޯޓު ބަންޑުން ޖަހާލުމުން، މީހުން ސަލާމަތް ކުރުމަށް އާދީއްތަ ދުވަހުގެ ރެ އާއި ދަންވަރު ވެސް ގިނަ ބަޔަކު މަސައްކަތް ކުރި އެވެ. ބޯޓުގެ އެއްބައި އޮތީ ފެނު އަޑީގަ އެވެ.

ވާގަނޑު ޖަހައިގެން ބޯޓު އައްސޭރިފަށަށް ގެންނަން ބައެއް މީހުން މަސައްކަތް ކުރި އިރު، އިތުރު މީހުން ވަނީ ފެނު އަޑިއަށް ފީނައި ބޯޓުގެ ކުޑަދޮރުތައް ކައިރިން މީހުން ފެނޭތޯ ބަލައިފަ އެވެ.

"އަޅުގަނޑުމެންނަށް ނެގިފައި ވަނީ 12 މީހުންގެ ހަށިގަނޑު. އެއީ 15 އަންހެނުންނާއި ހަތް ފިރިހެނުން. ރެސްކިއު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް،" ތަނޫރްގެ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓު ބަންޑުން ޖަހާލި އިރު، އޭގައި 30 މީހުން ތިބި ކަމަށެވެ.

ތަނޫރްގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 11 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

ކެރަލާ ސްޓޭޓުގެ ކުޅިވަރާއި މަސްވެރިކަމާ ބެހޭ މިނިސްޓަރު ވީ އަބްދުއްރަހިމާން ވިދާޅުވީ ގިނައިން މަރުވީ ސްކޫލް ޗުއްޓީގައި އުޅުނު ކުދިން ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޯޓުގައި ޕަސެންޖަރުން ތިބީ ލައިފްޖެކެޓް ނާޅަ އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox