އާސެނަލް އުންމީދުގައި، ޔުނައިޓެޑް ބަލިކޮށް ވެސްޓް ހޭމަށް ހިތްވަރު

May 8, 2023, 2:32 AM
އާސެނަލް އުންމީދުގައި، ޔުނައިޓެޑް ބަލިކޮށް ވެސްޓް ހޭމަށް ހިތްވަރު

ލަންޑަން (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، އާސެނަލުން ލީގު ހޯދުމުގެ އުންމީދު ދެމެހެއްޓިއިރު، މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް، ވެސްޓް ހޭމް ޔުނައިޓެޑުން ރެލިގޭޝަނުން ސަލާމަތްވާން ހިތްވަރު ހޯދައިފި އެވެ.

އާސެނަލްގެ މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ މެދު ވަނީ ފަރަގު ކުޑަވެފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 35 މެޗުން 81 ޕޮއިންޓް ލިބިފަ އެވެ.

ނިއުކާސަލް އާއި ޔުނައިޓެޑް ބަލިވުމުން ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ފޯރި ވަނީ ގަދަވެފަ އެވެ. ނިއުކާސަލް ތިން ވަނައިގައި އޮތީ 34 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ހަތަރެއްގައި އޮތީ 34 މެޗުން 63 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ނިއުކާސަލް ކޮޅަށް އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނިޓްގައި ޖެހީ އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. ޖޯޖީނިއޯ ދިން ބޯޅައަކުން އޮޑެގާޑް ވަނީ ހަމަޖެހިލައިފައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. މިއީ މި ފަހަރު ލީގުގައި އޮޑެގާޑް ޖެހި 15 ވަނަ ގޯލެވެ. މިއީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ގިނައިން ލީގު ސީޒަނެއްގައި ގޯލު ޖެހި ފަހަރެވެ.

ނިއުކާސަލް ކޮޅަށް އާސެނަލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މިއީ، އާސެނަލްގެ ގަބްރިއެލް މާޓިނެލީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނިއުކާސަލްގެ ފަބިއަން ޝެއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ވެސްޓް ހޭމް ދަނޑުގައި ރޭ އެ ޓީމުން ޔުނައިޓެޑް ކޮޅަށް ޖެހި ގޯލަކީ އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުން ހެދުނު ބޮޑު ގޯހަކުން ވަން ގޯލެކެވެ. އެ ގޮތުން، މެޗުގެ 27 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ސައީދު ބެންރަހްމާ އޭރިއާބޭރުން ތިރިތިރިން ޖެހި ބޯޅައިގައި ބާރެއް ނެތް ނަމަވެސް ކީޕަރު ޑެހެއާ އަތުގައި ޖެހިފައި ވަނީ ގޯލަށެވެ.

ޔުނައިޓެޑުން އެއްވަރުކުރެވޭތޯ މަސައްކަތް ކުރި ނަަމަވެސް އެ ޓީމުގެ މާކަސް ރަޝްފޯޑް އާއި އެންތަނީ މާޝިއަލް ޖެހި ބޯޅަތައް ހުއްޓުވުމުގައި ވެސްޓް ހޭމްގެ ކީޕަރު، ލޫކަޒް ފަބިއާންސްކީގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

މި މޮޅާ އެކު ވެސްޓް ހޭމް އިން ވަނީ 35 މެޗުން 37 ޕޮއިންޓް ހޯދައި، ލީގުގެ 15 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ރެލިގޭޝަން ޒޯނާ ހަތް ޕޮއިންޓް ދުރަށް ކަމަށްވާތީ، މިއީ އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި ދެމި އޮންނަން ވެސްޓް ހޭމް އަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox