ޗައިނާއިން ފެންޓަނިލް ޓްރެފިކް ކުރާ ކަމުގެ ހެކި ދައްކާނެ ކަމަށް މެކްސިކޯއިން ބުނެފި

ފެންޓަނިލްގެ ސަބަބުން މަސްތުވާތަކެތީގެ ކާރިސާއެއް އެމެރިކާއަށް ވަނީ ކުރިމަތިވެފައި.

ފެންޓަނިލްގެ ސަބަބުން މަސްތުވާތަކެތީގެ ކާރިސާއެއް އެމެރިކާއަށް ވަނީ ކުރިމަތިވެފައި.

މެކްސިކޯ ސިޓީ މެކްސިކޯ (މޭ 6) - މެކްސިކޯގެ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރާ ގޭންގުތަކަށް ގަވާއިދާ ހިލާފަށް ފެންޓަނިލް ފޮނުވަނީ ޗައިނާއިންކަން ކަށަވަރުވާ ހެކި ޗައިނާއަށް ދައްކާނެ ކަމަށް މެކްސިކޯއިން ބުނެފި އެވެ.

ފެންޓަނިލް ޓްރެފިކް ކުރަނީ ޗައިނާއިން ނޫން ކަމަށް ޗައިނާގެ ސަރުކާރުން ބުނެ އެވެ. އެކަމާ ގުޅިގެން ހުކުރު ދުވަހު މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރާޑޯ ވިދާޅުވީ އެކަމުގެ ހެކި ޗައިނާއަށް ދައްކާނެ ކަމަށެވެ.

ދާދި ފަހުން ޗައިނާއިން މެކްސިކޯއަށް ފޮނުވި ކޮންޓެއިނަރެއްގެ ތެރޭގައި ފެންޓަނިލް ހުރި ކަމަށް އޮބްރާޑޯ ވިދާޅުވި އެވެ. ފެންޓަނިލްއަކީ އޮޕިއޮއިޑް ބާވަތުގެ ސިންތެޓިކް މަސްތުވާ އެއްޗެކެވެ. އޭގެ ސަބަބުން އެމެރިކާގައި ވަނީ މަސްތުވާތަކެތީގެ ކާރިސާއެއް އުފެދިފަ އެވެ.

Advertisement

"އަޅުގަނޑުމެންގެ އަތުގައި ހެކި އެބަހުރި،" އޮބްރާޑޯ ވިދާޅުވި އެވެ. އޭނާ މިދިޔަ މާޗް މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ސިޓީއެއްގައި ވެސް އެދިވަޑައިގެންނެވީ ޗައިނާއިން ފެންޓަނިލް ޓްރެފިކް ކުރުން ހުއްޓުވުމަށް އެހީވެދިނުމަށެވެ.

އެ ސިޓީއަށް ރައްދުދެމުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން މެކްސިކޯއަށް ގަވާއިދާ ހިލާފަށް ފެންޓަނިލް ނުފޮނުވާ ކަމަށެވެ.

އެމެރިކާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކުށްވެރިންގެ ގްރޫޕްތަކުން ފެންޓަނިލް އުފައްދަން ބޭނުންވާ ކެމިކަލް މެކްސިކޯއަށް ފޮނުވަނީ ޗައިނާއިން ކަމަށެވެ. އެ ކެމިކަލް ބޭނުންކޮށް، މެކްސިކޯގައި ފެންޓަނިލް އުފެއްދުމަށް ފަހު، ވަގަށް އެތެރެކުރަނީ އެމެރިކާއަށެވެ.

އެހެން ނަމަވެސް، ފެންޓަނިލް އުފައްދަނީ މެކްސިކޯގެ ފަސްގަނޑުގައި ކަމަށް ބުނާ ވާހަކަ މެކްސިކޯއިން ދޮގުކުރެ އެވެ.

ފެންޓަނިލްގެ ސަބަބުން އޯވާޑޯޒްވެ، ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ވެސް އެމެރިކާގައި މަރުވަމުންދާ އިރު، އިދިކޮޅު ރިޕަަބްލިކަން ޕާޓީގެ އިސް މެމްބަރުން ގޮވާލަނީ މެކްސިކޯގެ ގޭންގުތަކަކީ ޓެރަރިސްޓު ގްރޫޕުތަކެއް ކަމަށަ ކަނޑައަޅައި އެ މީހުންނާ ދެކޮޅަށް ސިފައިން ފޮނުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox