މެސީ މާފަށް އެދިއްޖެ

May 6, 2023, 5:16 AM
މެސީ މާފަށް އެދިއްޖެ

ޕެރިސް (މެއި 6) - ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ސަސްޕެންޑްކޮށްފައި ހުރި ޕީއެސްޖީގެ ތަރި، ލިއޮނަލް މެސީ، އެ ކްލަބްގެ ކިބައިން މާފަށް އެދިއްޖެ އެވެ.

މެސީ، 35، ދެ ހަފްތާ އަށް ސަސްޕެންޑްކޮށްފައިވަނީ ފްރެންޗް ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ލޮރިއެންޓް އަތުން ޕީއެސްޖީ ބަލިވި މެޗުގައި ފުލްކޮށް ކުޅުމަށް ފަހު، އެ ކްލަބްގެ ހުއްދަ ނެތި އަމިއްލަ ކަމެއްގައި ސައުދީ އަރަބިއްޔާ އަށް ދިއުމުންނެވެ. ސަސްޕެންޝަންގެ މުއްދަތުގައި މެސީ އަށް ޓީމު ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

"ކުރެވުނު ކަންތަކަށް އަހަރެން މާފަށް އެދެން، މި ހުރީ މި ކަމުގައި ކްލަބްގެ ނިންމުމެއްގެ އިންތިޒާރުގައި،" އިންސްޓަގްރާމްގައި މެސީ ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައިވެ އެވެ. "އަހަރެން ހީކުރީ މެޗުގައި ވީގޮތުން (ލޮރިއެންޓް އަތުން ބަލިވުމުން) އަހަރެމެންނަށް އެއް ދުވަސް އޮފްވާނެ ކަމަށް. އެހެންވެ އަހަރެން ދާން ނިންމީ. މީގެ ކުރިން ވެސް އަހަރެން ސައުދީ އަރަބިއްޔާ އަށް ދާން ނިންމި ދަތުރެއް ކެންސަލްކުރިން. އެކަމަކު، މި ފަހަރު އެކަން އެ ގޮތަށް ވާން ނެތީ،"

ރިޕޯޓްތައް ބުނާގޮތުގައި މެސީ، ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކީ އިސްތިހާރެއް ކުޅުމަށް ކުރަން ޖެހުނު ދަތުރެކެވެ. މެސީ އަކީ ސައުދީ އަރަބިއްޔާގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ ކޮންޓްރެކްޓެއްގައި ހުރި އެމްބަސަޑަރެކެވެ. ސައުދީ އަރަބިއްޔާ ދަތުރުގެ ސަބަބުން މެސީ އަށް ޕީއެސްޖީން ދިން ސަސްޕެންޝަނުގެ ތެރެއިން އޭނާ ޖޫރިމަނާ ވެސް ކުރާ ގޮތަށް ވަނީ ނިންމައިފަ އެެވެ.

އަންނަ މަހު 36 އަހަރު ފުރޭ މެސީ ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ދިމާވި މައްސަލައިގެ ސަބަބުން މެސީ ޕީއެސްޖީގައި މަޑުނުކުރާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ މެސީގެ ސަސްޕެންޝަން ނިންމުމަކީ ކްލަބްގެ ނިންމުމެއް ކަމަށާއި އެއީ ކުޅުން ދަށްވުން ނޫނީ ޓީމުގެ މައްސަަލައެއް ކަހަލަ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ މެސީގެ ސަސްޕެންޝަން މައްސަލަ އަކީ މިހާރު ޕީއެސްޖީގެ ކުޅުން ދަށްވެގެން ދިމާވެފައިވާ މައްސަަލައިގެ އިތުރުން އައި ބޮލުގެ ރިހުމެއް ކަމަށާއި މި ހުރިހާ ކަންކަމަށް ވިސްނައިގެން އުޅެގެން މެޗުތަކަށް ނުކުންނަން ފަސޭހައެއް ނޫން ކަމަށެވެ.

މެސީ އާއި ނޭމާގެ ގޭ ކައިރީގައި ޕީއެސްޖީ ސަޕޯޓަރުން އެއްވެ، ކުޅުންތެރިންނާ ދެކޮޅަށް އަޑުގަދަކުރާ މަންޒަރުތައް ދައްކައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، އެކަމާ ބެހޭގޮތުން ގަލްޓިއޭ ބުނީ މިއީ އެއްވެސް ކްލަބެއްގައި ކަންކަން ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox