ލޮރިސް ދެން ޓޮޓެންހަމް ޖޯޒީގައި ނުފެންނާނެ؟

May 5, 2023, 1:55 PM
ލޮރިސް ދެން ޓޮޓެންހަމް ޖޯޒީގައި ނުފެންނާނެ؟

ލަންޑަން (މެއި 5) - ޓޮޓެންހަމް ހޮޓްސްޕާސްގެ ގޯލްކީޕަރު، ފްރާންސްގެ ހޫގޯ ލޮރިސް އަށް ސީޒަނުގައި އެ ޓީމަށް ބާކީ އޮތް ހަތަރު މެޗުގައި ވެސް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ފްރާންސްގެ ލިޔޯން ދޫކޮށް، 2012 ވަނަ އަހަރު ޓޮޓެންހަމް އަށް ބަދަލުވި ލޮރިސް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަަލަށް ހަމަވާނެ އެވެ. ލޮރިސް އަށް އާ ކޮންޓްރެކްޓެއް ދިނުމުގެ ކަންކަން ޓޮޓެންހަމް އިން މަޑުޖައްސާލާފައިވާއިރު، ދެން އޭނާ އެ ކްލަބްގެ މެޗަކުން ނުފެންނާނެ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވެ އެވެ.

މި އަހަރުގެ ކުރީކޮޅު ފްރާންސް ގައުމީ ޓީމުން ރިޓަޔާކުރި، ލޮރިސް، 36، ކުޅުމާ ދުރަށްދާން ޖެހުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓެންހަމް 6-1 އިން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފަށް ފަހު ލޮރިސް އަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ.

ވަގުުތީ ގޮތުން ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެހުރި، ރަޔާން މޭސަން ބުނީ ލޮރިސް ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އަދި އޭގެއިން ފެންނަ ގޮތުގައި، ލޮރިސް އަށް މި ސީޒަނުގައި ދެން ޓޮޓެންހަމް ކުޅެން އޮތް ހަތަރު މެޗުގައި ވެސް ނުކުޅެވޭނެ ކަމަށް ،މޭސަން ވަނީ ބުނެފަ އެވެ.

ލޮރިސް އަށް ނުކުޅެވޭތީ ޓޮޓެންހަމް އިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ ދެ ވަނަ ކީޕަރު، ފްރޭޒާ ފޮސްޓާ އެވެ. ޓޮޓެންހަމް އިން ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކުރި މެޗާއި ފަހު ވަގުތު ލިވަޕޫލް އަތުން ބަލިވި މެޗުގައި ފޮސްޓާ ވަނީ ނިސްބަތުން ބަލާއިރު، ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޓޮޓެންހަމް އިން ލޮރިސް އަށް އާ ކޮންޓްރެކްޓެއް ދޭނެތޯ މީޑިއާ އިން ކުރި ސުވާލަށް ޖަވާބެއް ދޭން އެނގޭނީ މެނޭޖްމަންޓަށް ކަމަށް މޭސަން ވަނީ ބުނެފަ އެެވެ.

ލީގުގައި ޓޮޓެންހަމް އަށް ދެން އޮތީ ކްރިސްޓަލް ޕެލަސް، ބްރެންޓްފޯޑް، އެސްޓަން ވިލާ އަދި ލީޑްސް ޔުނައިޓެޑް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox