އަނެއްކާވެސް ގަވައިދާ ހިލާފަށް ހުޅުމާލޭ ބީޗުގައި ކެފޭ ހިންގަނީ

އަނެއްކާވެސް ގަވައިދާ ހިލާފަށް ހުޅުމާލޭ ބީޗުގައި ކެފޭ ހިންގަނީ

އަނެއްކާވެސް ހުޅުމާލޭ ބިޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު އުސޫލުން ގޮނޑިއާއި މޭޒު ޖަހައިގެން ބައެއް ވިޔަފާރިތައް ހިންގާނީ އާބަންކޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ބައެއް ވިޔަފާރިތަކުން އުސޫލާ ހިލާފުވެ ބީޗުގައި ގޮނޑިއާއި މޭޒު ޖަހައިގެން ހިދުމަތް ދެމުން އަންނަނަ ކަމަށެވެ.

ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަަވެފައިވާ ކަމަށާއި، އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ އެ ކުންފުންޏަށް އެކި ފަހަރުމަތިން ލިބިފައިވާކަމަށް އާބަންކޯއިން ބުނެ އެވެ.

"މިކުންފުނީގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ، ހުޅުމާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. އަދި މި މަގްސަދުގައި ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ." އާބަންކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހުޅުމާލެ ބީޗު ސަަަރަހައްދުގައި ހިންގަމުން އަންނަ ވޯޓާސްޕޯޓްސް ވިޔަފާރިތަކަށް ހި ލުއިކާނާ އާއި ފެންފުޅި ފަދަަ ތަކެތި ވިއްކުމުގެ ހުއްދަ ދީފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުުނެފަަ އެވެ.

އެ ފަރާތްތަކަށް މިހުއްދަ ދީފައި ވަނީ ޓޭކް އަވޭ އުސޫލުން ތަކެތި ވިއްކުމަށް ކަމަށާއި، ބީޗު ސަރަހައްދުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ އުސޫލުން ވިޔަފާރި ހިންގުމަކީ މަަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ބީޗު މަގުން ކެފޭ، ރެސްޓޯރަންޓު އަދި ގެސްޓުހައުސް ވިޔަފާރިތައް ހިންގުމުގެ ހުއްދަ ދީފައި ވީނަމަވެސް ބީޗުތައް އެއްވެސް ވިޔަފާރިއަކުން ގޮނޑިބަރިޖަހައިގެން ހިންގުން މަނާކުރީ 2019ގެ ތެރޭގަ އެވެ. އޭރު ބީޗުުގައި ގޮނޑިއާައި މޭޒުޖަހައިގެން ގިނަ ކެފޭ/ރެސްޓޯރަންޓުތަކެއް ހިންގަަމުން އައި ނަމަަވެސް އެތަންތަނުގެ ވެރިންނަށް އަންގައިގެން ބީޗު ވަނީ ހުސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox