ބްރައިޓަން އިން ފަހު ވަގުތު ޔުނައިޓެޑް ބަލިކޮށްފި

May 5, 2023, 4:34 AM
ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ މެކް އަލިސްޓާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބްރައިޓަންގެ މެކް އަލިސްޓާ އުފާފާޅުކުރަނީ.

ބްރައިޓަން (މެންޗެސްޓާ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އަލެކްސިސް މެކް އަލިސްޓާ ވައްދާލި ޕެނަލްޓީން 1-0 އިން ބްރައިޓަން އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވާން ބްރައިޓަން އިން ކުރަމުން އަންނަ މަސައްކަތަށް އުންމީދެއް ލިބުނުއިރު، ގަދަ ހަތަރެއް ޔަގީންކުރަން ޔުނައިޓެޑުން އިތުރު މަސައްކަތެއް ކުރަން ޖެހޭކަން ވަނީ ޔަގީންވެފަ އެވެ.

ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް ވާދަކުރާ ކްލަބްތަކުގެ ތެރޭގައި ބްރައިޓަން އާއި ޔުނައިޓެޑް ހިމެނެ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 33 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 33 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަށް 34 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނަ އަށް ޖެހިލި ބްރައިޓަން އަށް ވަނީ 32 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ބްރައިޓަން ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ގޯލު ޖަހައިދޭން އެންޓޮނީ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، މާކަސް ރަޝްފޯޑް އާއި އެންތަނީ މާޝިއަލް ޖެހި ބޯޅަތައް ބްރައިޓަން ކީޕަރު ޖޭސަން ސްޓީލް ވަނީ މަތަކޮށްފަ އެވެ. މެޗުގަައި ބްރައިޓަން އަށް ގޯލެއް ޖަަހައިދޭން ކައޯރޫ މިޓޯމާ އާއި ޑެނީ ވެލްބެކް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗުން ބްރައިޓަން މޮޅުވި ގޯލަކީ 90 މިނިޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ވެސް ނުވަ ވަނަ މިނިޓްގައި ޖެހި ގޯލެކެވެ. މިއީ ޔުނައިޓެޑްގެ ލޫކް ޝޯ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ އަލެކްސިސް މެކް އަލިސްޓާ ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ. މި ސީޒަނުގައި މެކް އަލިސްޓާ ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox