ނިއު ދިއްލީ، އިންޑިއާ (މޭ 4) - އިންޑިއާގެ އިރުއުތުރު ސްޓޭޓެއްގައި ބުރާސްފަތި ދުވަހު ހަމަނުޖެހުން ބޮޑުވުމުން އިންޓަނެޓުގެ ހިދުމަތް ކަނޑާލައި، މަގުތަކަށް ސިފައިން ނިކުމެއްޖެ އެވެ.
އިންޑިއާ އާއި މިޔަންމާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މަނީޕޫރް ސްޓޭޓަށް ސިފައިން ފޮނުވީ ގަބީލާތަކުން ބޭއްވި އެއްވުމެއް ހޫނުވެ، ހަ މީހުން މަރުވުމުންނެވެ.
"ކާފިއު އިއުލާންކޮށްފައި އޮތީ. ހާލަތު އަދިވެސް ރަނގަޅެއް ނޫން އެކަމަކު ހަމަނުޖެހުން ކޮންޓްރޯލް ކުރެވިއްޖެ،" މަަނީޕޫރް ސްޓޭޓް ސަރުކާރުން ބުންޏެވެ.
ހަމަނުޖެހުން ހިންގައި އަމުރަށް ނުކިޔަމަންތެރިވާ ނަމަ ވަގުތުން ބަޑި ޖެހުމުގެ އަމުރު ވަނީ ނެރިފަ އެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ހަމަނުޖެހުން ބޮޑުވި ހިސާބުތަކުން 7،500 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުގައި އޮން ރަސްމީ ގަބީލާތަކުގެ ކެޓެގަރީގައި "މެއިޓެއި" ދަރިކޮޅުގެ މީހުން ހިމަނަން އެދުމުން، އެހެން ގަބީލާތަކުން އެކަމާ ދެކޮޅެވެ.
އިންޑިއާގެ ގާނޫނުގެ ދަށުން ކޮލެޖުގައި ކިޔެވުމުގެ ފުރުސަތާއި ސަރުކާރު ވަޒީފާގެ ފުރުސަތު ދިނުމުގައި ގަބީލާތަކުގެ މީހުންނަށް އިސްކަންދޭނެ އެވެ.










