ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ލ. ފޮނަދޫގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ ބިދޭސީ މީހާ

ލ. ފޮނަދޫގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ ބިދޭސީ މީހާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސައީދުލް އިސްލާމް، 29، ހޯދަމުން ދަނީ ފުލުހުންގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ޗިޓު ރައްދު ނުކުރެވިގެންނެވެ.

އޭނާ އުޅޭ ވަކި ތަނެއް ނޭނގޭއިރު އާއިލާއަށް ވެސް އެނާ އުޅޭ ވަކި ތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނެފައި ވަނީ އޭނާ ހޯދަމުންދަނީ އެ ހިދުމަތަށް ހުށަހެޅުނު "ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު" ހިންގުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. އެކަމަކު ކުޑަކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު ސައީދުލްއަށް ކުރެވޭ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ އިއުލާނުގައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށެވެ. އަދި އޭނާ ހާޒިރުވާން އަންގާފައި ވަނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox