ގަވާއިދާ ހިލާފު އިންޑިއާގެ 3،500 ލޯން އެޕް ގޫގުލް އިން ހުއްޓުވައިފި

އެޕްތަކުގެ އިތުރުން އެފަދަ އެޕްތަށް އަޕްލޯޑް ކުރާ 173،000 އެކައުންޓެއް ވެސް 2022 ގައި ގޫގުލް އިން ވަނީ ބްލޮކްކޮށްފަ

އެޕްތަކުގެ އިތުރުން އެފަދަ އެޕްތަށް އަޕްލޯޑް ކުރާ 173،000 އެކައުންޓެއް ވެސް 2022 ގައި ގޫގުލް އިން ވަނީ ބްލޮކްކޮށްފަ

އަވަށްޓެރި އިންޑިއާގެ ޑިވަލަޕަރުން އުފައްދާފައިވާ 3،500 ލޯން އެޕް 2022 ގައި ހުއްޓުވާފައިވާނެ ކަމަށް ގޫގުލް އިން ބުނެފި އެވެ.

ގޫގުލް އިން ބުނެފައިވަނީ ފިޔަވަޅު އަޅާފައިވަނީ ގޫގުލް ޕްލޭސްޓޯގެ ގަވާއިދުތަކާއި ހިލާފުވަމުންދާ އެޕްތަކަށް ކަމަށެވެ. އަދި މިފަދަ 1.43 މިލިއަން އެޕް ޕްލޭސްޓޯ އަށް އަޕްލޯޑްކުރުމުން ވެސް ހުއްޓުވާފައިވާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

އެޕްތަކުގެ އިތުރުން އެފަދަ އެޕްތަށް އަޕްލޯޑް ކުރާ 173،000 އެކައުންޓެއް ވެސް 2022 ގައި ގޫގުލް އިން ވަނީ ބްލޮކްކޮށްފަ އެވެ. މިކަމުގެ ސަބަބުން ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަކަރާއި ހީލަތުގެ މުއާމަލާތްތައް ހުއްޓުވިފައިވާ ކަމަށް އެކުންފުނިން އަންދާޒާ ކުރެ އެވެ.

ގޫގުލް އިން ބުނެފައިވަނީ މުސްތަގުބަލުގައި މިފަދަ އެޕްތަކަށް ފުރުސަތު ނުދިނުމަށް ޕްލޭސްޓޯގެ ގަވާއިދުތަކަށް ބަދަލު ގެންނަމުންދާނެ ކަމަށެވެ. މިފަދަ އެޕްތަކާއި ގުޅިގެން ގޫގުލް އިން ވަނީ މީގެ ކުރިން ވެސް ގަވާއިދަށް ކޮންމެސް ވަރަކަށް ބަދަލުގެނެއްސަ އެވެ.

އެގޮތުން ޕާސަނަލް ލޯން ދޫކުރާ އެޕްތަކަށް ޔޫޒަރުންގެ ބައެއް މައުލޫމާތުތައް ލިބުމުގައި ވަނީ ހުރަސްއަޅައިފަ އެވެ. މީގެތެރޭ ޔޫޒަރުގެ ކޮންޓެކްޓްސް، ފޮޓޯ، ވީޑިއޯ، އަދި ފައިލްސް އަށް އެކްސެސް ނުވެވޭ ގޮތަށް ޕްލޭސްޓޯގެ ގަވާއިދަށް ވަނީ ބަދަލު ގެނެއްސަ އެވެ.

ރަޖިސްޓާ ނުކޮށް އިންޑިއާގައި ހިންގަމުންދާ މާލީ އެޕްތައް އިތުރުވަމުން ދާތީ އެގައުމުގެ ސަރުކާރުން އަދި ރިސާވް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިފަދަ އެޕްތަކުގެ މަކަރާއި ހީލަތްތަކުގެ ސަބަބުން އެގައުމުގެ އެތައް ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.

ބޭނުންކުރާ ފަރާތްތަކަށް އޮޅުވާލާ މީގެ ތެރެއިން އެތައް އެޕެއް ވަނީ 2020 ގައި މަތީ އިންޓްރެސްޓް ރޭޓް ހިމެނޭ އެތައް ލޯނެއް މީހުންނަށް ދޫކޮށްފަ އެވެ. އަދި ފައިސާ އަނބުރާ ހޯދުމަށް ހަރުކަށި އުކުޅުތައް ގެންގުޅެފަ އެވެ. މިކަމުގެ ސަބަބުން ކުރިމަތި ބުރަޔާއި ހާސްކަމުގެ އެތައް ބަޔަކު ވަނީ އަމިއްލަ އަށް މަރުވެސް ވެފަ އެވެ.

އެއަށް ފަހު ގޫގުލް އިން އަންނީ މާލީ އެޕްތަކާއި ގުޅޭ ގަވާއިދަށް ބަދަލުތައް ގެންނަމުންނެވެ. އަދި މިއަހަރު ވެސް މިފަދަ އިތުރު ބަދަލުތައް ގެންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox