ޓޮޓެންހަމުން ޔުނައިޓެޑް ހުއްޓުވިއިރު، ނިއުކާސަލް ހަމަޖެހިލައިފި

Apr 27, 2023, 11:02 PM
ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް (ކ) އާއި ލޫކް ޝޯ (ވ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް (ކ) އާއި ލޫކް ޝޯ (ވ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ދެ ގޯލު ޖަހާފައިވަނިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން 2-2 އިން އެއްވަރުކުރިއިރު، އެވަޓަން އަތުން 4-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑުން ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހިލައިފި އެވެ.

މި ނަތީޖާތަކާ އެކު ނިއުކާސަލް ތިން ވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖޭޑަން ސަންޗޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލަށް ބޯޅަ ފޮނުވާލައިގެން ޔުނައިޓެޑަށް ލީޑުނަގައިދިނެވެ.

ޔުނައިޓެޑް ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ޓޮޓެންހަމް އިން ދެ ވަނަ ހާފަށް ނުކުތީ ވަރަށް ރަނގަޅު ރޫހެއްގަ އެވެ. އެ ގޮތުން ޓޮޓެންހަމްގެ ފުރަތަމަ ގޯލު ޖެހީ 56 ވަނަ މިނިޓްގައި ޕެޑްރޯ ޕޯރޯ އެވެ. ރީބައުންސް ބޯޅައެއް އޭރިއާތެރެއިން ޕޯރޯ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޓޮޓެންހަމްގެ އެރިކް ޑަޔާ އަށް ކުޑަ އޭރިއާތެރެއިން ގޯލެއް ޖަހަން ލިބުނު ފުރުސަތުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.

އެކަމަކު، މެޗުގެ 79 ވަނަ މިނިޓްގައި އޭރިއާތެރެއިން ޓޮޓެންހަމްގެ ހެރީ ކޭން ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، ސޮން ހެއުން މިން ވަނީ ގޯލެއް ޖަހައި ޓޮޓެންހަމް އަށް އެއްވަރުކޮށްދީފަ އެވެ.

ރެލިގޭޝަންގެ ބިރާ ކުރިމަތިވެފައި އޮތް އެވަޓަންއާ ދެކޮޅަށް އެ ޓީމު ދަނޑުގައި ކުޅުނު މެޗުން ނިއުކާސަލްގެ ހެރީ ވިލްސަން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ޖޮއެލިންޓަން އާއި ޔެކޮބް މާފީ އެވެ. މި މެޗުގައި އެވަޓަންގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި ޑްވައިޓް މެކްނީލް އެވެ.

ލީގުގެ 19 ވަނައިގައި އެވަޓަން އޮތީ 33 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަން ވަނީ މިރޭ 1-0 އިން ބޯންމައުތު އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox