ވެމްކޯގެ ބިންލައިނާ ކޮތަޅު ވިއްކާ އަގުތައް އާންމުކޮށްފި

މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް؛ ވެމްކޯއިން ބިންލައިނާ ކޮތަޅު ވިއްކާ އަގުތައް ވަނީ އާންމުކޮށްފައި -- ފައިލް ފޮޓޯ: އަދަދު

މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް؛ ވެމްކޯއިން ބިންލައިނާ ކޮތަޅު ވިއްކާ އަގުތައް ވަނީ އާންމުކޮށްފައި -- ފައިލް ފޮޓޯ: އަދަދު

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނާ (ކޮތަޅު) ވިއްކާނެ އަގުތައް އެ ކުންފުނިން ހާމަކޮށްފި އެވެ.

ވެމްކޯއިން ވިއްކަން ހަމަޖެހިފައި ވަނީ ކަޅު ކުލައާއި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެެވެ. އެއީ 11 އިންޗާއި (L)، 17 އިންޗި (XXL) އަދި 27 އިންޗީގެ (XXXL) ކޮތަޅެެވެ.

ވެމްކޯއިން ވިއްކާ ކޮތަޅުގެ އަގު:

Advertisement
  • ލާޖު ކޮތަޅު: 100 ކޮތަޅު ހިމެނޭ ބޮނޑިއެއް 35ރ.
  • 2 އެކްސްއެލް ކޮތަޅު: 100 ކޮތަޅު ހިމެނޭ ބޮނޑިއެއް 165ރ.
  • 3 އެކްސްއެލް ކޮތަޅު: 50 ކޮތަޅު ހިމެނޭ ބޮނޑިއެއް 165ރ.

މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދު ކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުނި އުކާލުމަށް ހަމައެކަނި މި ކޮތަޅު ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ.

ވިޔަފާރިތަކުން ދޫކުރާ ކޮތަޅުން ދެ ރުފިޔާ ނަގަން ލާޒިމްވީ ނަމަވެސް، ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެހެންނަމަވެސް ގާނޫނަކުން އަމަލު ކުރަން ފެށިއިރު ވެސް އެކަން އޮތީ ނުވެ އެވެ.

އެކަމާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތައް ހުރިއިރު، ވެމްކޯއިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބިންލައިނާ ކޮތަޅު ވިއްކަން އެ ކުންފުނިން ފަށާނެ ކަމަށެވެ. އަދި މި ކޮތަޅުތައް ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން، ވެމްކޯއިން ވަނީ ހޯލްސޭލް އަދި ރީޓެއިލްކޮށް އެ ކޮތަޅު ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox