ސްޓެލީނީ ބުނަނީ ޓޮޓެންހަމްގެ ލަދުވެތި ނަތީޖާގެ ޒިންމާ ނަގާކަމަށް

Apr 24, 2023, 12:17 PM
ޓޮޓެންހަމްގެ ކޯޗު ސްޓެލީނީ (ކ) އާއި ނިއުކާސަލްގެ ކޯޗު އެޑީ ހޯވް.

ޓޮޓެންހަމްގެ ކޯޗު ސްޓެލީނީ (ކ) އާއި ނިއުކާސަލްގެ ކޯޗު އެޑީ ހޯވް.

ލަންޑަން (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓަޑް އަތުން 6-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވިއިރު، މި ނަތީޖާގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ޓޮޓެންހަމްގެ ކޯޗުކަމާ މި ސީޒަނުގެ ނިޔަލަށް ހަވާލުވެހުރި، ކްރިސްޓިއަން ސްޓެލީނީ ބުނެފި އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 21 މިނިޓުގެ ތެރޭގައި ނިއުކާސަލް އިން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މިއީ ޕްރިމިއާ ލީގުގެ މެޗެއް ފަށައިގެން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޓޮޓެންހަމް ކޮޅަށް މި އަދަދަށް ގޯލު ވަން ފުރަތަމަ މެޗެވެ.

މި މެޗުގެ ނަތީޖާއާ އެކު، ތާވަލްގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ހުރަހަކާ ކުރިމަތިވެފަ އެވެ. އެކަމަކު، މި ނަތީޖާއާ އެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައި، ނިއުކާސަލް ވަނީ އުންމީދު ބޮޑުކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ސްޓެލީނީ ބުނީ މެޗުގެ ނަތީޖާގެ ޒިންމާ ނަގާ ކަމަށާއި ޓޮޓެންހަމްގެ ޓީމަށް މި މެޗުގައި ފެންވަރެއް ނުދެއްކުނު ކަމަށެވެ.

"މި ކަހަލަ މުހިންމު މެޗަކަށް ޓީމު އޮތީ ތައްޔާރަކަށް ނޫން. ޓީމު ކުޅޭ ގޮތް ނިންމަނީ އަހަރެން. ދެން މިއަދު (އިއްޔެ) އިންޖަރީތަކާ ހެދި އަހަރެން ބަދަލުތަކެއް ގެނައީ. އެއީ އަހަރެންގެ ޒިންމާ. އަހަރެން ގެނައި ބަދަލުތައް މަސައްކަތް ނުކުރީ،" ސްޓެލީނީ ބުންޏެވެ.

"އަހަރެން ޒިންމާ ނަގަންޖެހޭ. އެއީ ފަހުން އަހަރެން ޓީމުގެ ސިސްޓަމަށް ބަދަލެއް ގެނައީމަ، އަހަރަމެން ލަނޑެއް ވެސް ޖަހައި، ވަރަށް ރަނގަޅަށް ކުޅުނު."

ސްޓެލީނީ ބުނީ މެޗުގެ ފުރަތަމަ 21 މިނިޓުގެ ތެރޭގައި، ޓޮޓެންހަމް ކޮޅަށް ފަސް ލަނޑު ޖެހުނު ސަބަބެއް އޭނާ އަށް ވެސް ނުުވިސްނޭ ކަމަށެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ހުރީ މި ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު، ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގައި އަދި ޔަގީންކަމެއް އޭނާ ނުދެ އެވެ.

"އަދި އެބައޮތް ވަރަށް ގިނަ މެޗުތައް. ގިނަ ޕޮއިންޓްތަކެއް ލިބެން އެބައޮތް،" ހޯވް ބުންޏެވެ.

ނިއުކާސަލް އަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ ޖެކަބް މާފީ އާއި އަލެކްސަންޑަ އިސާކް ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ޖޮއެލިންޓަން ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox