އިންޑިއާގައި ފިލައިގެން އުޅުނު ދީނީ ލީޑަރު ހައްޔަރުކޮށްފި

ސީކް ދީނުގެ ލީޑަރު އަމްރިތުޕާލް ސިންގް ހޯދަން ހަރުކޮށްފައިވާ ޕޯސްޓަރެއް ކައިރީގައި ފުލުހުން. -- ފޮޓޯ: އޭއެފްޕީ

ސީކް ދީނުގެ ލީޑަރު އަމްރިތުޕާލް ސިންގް ހޯދަން ހަރުކޮށްފައިވާ ޕޯސްޓަރެއް ކައިރީގައި ފުލުހުން. -- ފޮޓޯ: އޭއެފްޕީ

އަމްރިތުރާސް، އިންޑިއާ (އެޕްރީލް 23) - މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނަކަށް ފަހު، ފިލައިގެން އުޅުނު ސިކް ދީނުގެ ލީޑަރު ހައްޔަރުކޮށްފި އެވެ.

އުތުރު ޕަންޖާބް ސްޓޭޓުގައި އަމްރިތުޕާލް ސިންގް މަގްބޫލުވީ ސިކުންގެ ވަކި ދައުލަތެއް ހަލިސްތާނުގެ ނަމުގައި ބިނާކުރުމަށް ކުރަން ފެށި ކެމްޕެއިނާ ގުޅިގެންނެވެ.

އެއީ 1980 އާއި 1990 ގެ އަހަރުތަކުގައި ވެސް ސިކުން ޑިމާންޑް ކުރި ކަމެކެވެ. އޭރު އެ މައްސަލައިގައި އިންޑިއާގައި ހަމަނުޖެހުން ބޮޑުވި އެވެ.

ފުލުހުން ބުނީ އަމްރިތުޕާލް ސިންގް ހައްޔަރު ކުރީ އަވަށެއްގެ ސިކް ފައްޅިއެއްގައި އޭނާ އުޅޭ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކުރި މަސައްކަތުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަމްރިތުޕާލް ސިންގްގެ ވިސްނުންތައް ބިނާވަނީ 1980 ގެ އަހަރުތަކުގައި އުޅުނު ސީކް ލީޑަރު ޖަރްނައިލް ސިންގް ބިންދްރަންވާލޭގެ ވިސްނުންތަކުގެ މައްޗަށެވެ.

އިންޑިއާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޖަރްނައިލް ސިންގް ވެސް ވަނީ ހަލިސްތާނުގެ ނަމުގައި ސީކް ދީނުގެ މީހުންނަށް ވަކި ގައުމެއް ގާއިމްކުރަން މަސައްކަތްކޮށްފަ އެވެ.

އޭނާ މަރާލީ އިންޑިއާގެ ސިފައިން 1984 ވަނަ އަހަރު ހިންގި "އޮޕަރޭޝަން ބްލޫ" ގެ ތެރެއިންނެވެ. އުމުރުން 30 އަހަރުގެ އަމްރިތުޕާލް ސިންގް ހުންނަނީ ޖަރްނައިލް ސިންގްއާ އެއް ވައްތަރުކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަމްރިތުޕާލް ސިންގްގެ ސިފަ ބަދަލުކޮށް ޖަރްނައިލް ސިންގްއާ ވައްތަރުވުމަށް މިދިޔަ އަހަރު ޖޯޖިއާއަށް ދަތުރުކޮށް ކޮސްމެޓިކް ސާޖަރީ ވެސް ހެދި އެވެ.

މިދިޔަ ފެބްރުއަރީ މަހު އަމްރިތުޕާލް ސިންގްގެ ގާތް މީހަކު ހައްޔަރު ކުރުމުން، އޭނާ އާއި ސަޕޯޓަރުން ކަނޑި އާއި ވަޅި އަދި ބަޑި ހިފައިގެން ފުލުހުންގެ ސްޓޭޝަނަކަށް ދިޔަ އެވެ.

އޭގެ ފަހުން މާޗް މަހު އަމްރިތްޕާލް ސިންގް ހައްޔަރު ކުރަން މަސަައްކަތް ކުރި އެވެ. އެހެން ނަމަވެސް އޭނާ ސައިލަލެއްގައި ފިލީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދަން ހިންގި ބޮޑު އޮޕަރޭޝަނުގައި ސިކް ދީނުގެ މެޖޯރިޓީ އޮންނަ ޕަންޖާބުން ގިނަ ދުވަސްތަކެއް ވަންދެން އިންޓަނެޓު ވެސް ކަނޑާލި އެވެ.

އަމްރިތުޕާލް ސިންގްގެ އެތައް ސަތޭކަ ސަޕޯޓަތުން ހައްޔަރުކޮށް، ބައެއް ހިސާބުތަކުގައި އެއް ފަހަރާ ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އާއްމު ތަންތަނުގައި ތިބުން މަނާކުރި އެވެ.

މިދިޔަ މާޗް މަހު ނެރުނު ވީޑިއޯއެއްގައި އަމްރިތުޕާލް ސިންގް ތުހުމަތު ކުރި ގޮތުގައި ފުލުހުން ދަނީ ސިކް ކޮމިޔުނިޓީއަށް ބިރު ދައްކަމުންނެވެ.

އޭނާ ހައްޔަރުކުރަން ފެށި އޮޕަރޭޝަނާ ގުޅިގެން އިންޑިއާ އާއި އެހެން ގައުމުތަކުގައި އުޅޭ ސިކް މީހުން މުޒާހަރާ ކުރި އެވެ. އެގޮތުން އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާގައި އަޑުއުފުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox