ރޯދަ ކޮންޓެންޓު އަލުން ބަލާލަށް

Apr 23, 2023, 11:48 AM
ރޯދަ ކޮންޓެންޓު އަލުން ބަލާލަށް

ނިމި ދިޔަ ރޯދަ މަހަށް ހާއްސަ ގިނަ ކޮންޓެންޓުތަކެއް ގެނެސްދެވުނެވެ. ރޯދައަށް "ލާޒިމު" ކޮންޓެންޓުގެ ގޮތުގައި ބެލެވޭ ކުރުވާހަކަ އާއި ރެސިޕީގެ އިތުރުން ދީނީ މައުލޫމާތުން ފެށިގެން މުނިފޫހިފިލުވުމާއި، ލުއި ލިޔުންތަކާއި މައުލޫމާތުން މުއްސަނދި ގިނަ ލިޔުންތަކަކާއި ޕްރޮފައިލް ގެނެސްދެވުނެވެ. ރާއްޖޭގެ އޮންލައިން ނޫސްތަކުގެ ތެރެއިން ރޯދައަށް ހާއްސަ ވީޑިއޯ ކޮންޓެންޓު މި ފަހަރު ވެސް އެންމެ ގިނައިން އުފެއްދީ އަދަދު ނޫހުންނެވެ. މި ލިޔުމުގައި ގެނެސްދެނީ އެ ކޮންޓެންޓުތަކުގެ ތެރެއިން ހޮވާލާފައިވާ ބައެއް ކޮންޓެންޓެވެ.

މުހިންމު ބައެއް ލިޔުންތައް

Advertisement

އުމުރުން 70 އިން މަތި، އަދިވެސް ފިޓް

ޝަހުސިއްޔަތުންގެ ހަޔާތުގެ ވާހަކަތައް ގެނެސްދިނުމުގައި ބެލީ ތަފާތެއް ގެންނާށެވެ. އެހެންވެ، އުމުރުން ދުވަސްވީ ބޭފުޅުންގެ ތެރެއިން ދުޅަހެޔޮކަން ހިފެހެއްޓުމަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ވާހަކަ އާއި، ތަޖުރިބާ އާއި ނަސޭހަތުން މި ޖީލަށް އިބުރަތަކާއި ފިލާވަޅެއްގެ ގޮތުގައި ގެނެސްދެވުނެވެ. މިފަހަރު ގެނެސްދެވުނު ތިން ބޭފުޅުންނަކީ ވެސް 70 އަހަރުންގެ މަތީގެ ބޭފުޅުންނެވެ. ނަމަވެސް ވަރަށް އެކްޓިވް އެވެ. ދިރިއުޅުމުގެ ވައްޓަފާޅީގައި ތިން ބޭފުޅުންގެ ވެސް އެއްގޮތް ކަންތައްތަކެއް ހުއްޓެވެ.

ކުރު ވާހަކަ

އަދަދު ނޫހުގައި ވާހަކަ ބައި ގެނެސްދެއްވަނީ ހއ. އިހަވަންދޫ ސްކޫލުގެ ދިވެހި މުދައްރިސް، ފަތުހުﷲ އަހުމަދު ރަޝީދެވެ. މި ރޯދަ މަހު އޭނާ ލިޔުއްވީ ވަރަށް ވެސް ހިތްގައިމު ވާހަކަތަކެވެ. އޭގެ ތެރެއިން ވެސް "ދޮންޕަ" ފާހަގަކޮށްލެވެ އެވެ.

ވާގޮތް

މިއީ ކިޔުންތެރިން ވަރަށް ޝައުގުވެރިވި ސެގްމެންޓެކެވެ. "އުޑާއި ކަނޑުގައި މިވާ ނޫ ކުލައިގެ އަސްލަކީ ކޮބާ؟" އިން މި ރޯދަ މަހު ފެށި ސެގްމެންޓުގައި، ކަރުނައިގެ ސަބަބާއި، ކަޅުހަން ކަޅުކުލައިގައި ހުންނަ ސަބަބާއި، ފިރިން ދެ އަނބިން ބޭނުންވާ ސަބަބުގެ އިތުރުން މައުލޫތުން މުއްސަނދި ލިޔުންތަކެއް ރައްޔާން މުހައްމަދު ގެނެސްދިނެވެ. މި ސެގްމެންޓުގެ ލިޔުމަކަށް ގޮސް "ވާގޮތް" ޓެގަށް ފިތާލާށެވެ. ހުރިހާ ލިޔުމެއް ފެންނާނެ އެވެ.

އަދަދު ސްކްރީން

މި ފަހަރު ވެސް ރާއްޖޭގެ އޮންލައިން ނޫހަކުން އެންމެ ގިނަ ޕްރޮގްރާމު އުފެއްދީ އަދަދު ނޫހުންނެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި ކުޅިކޮށްގެ ތިން ވަނަ ސީޒަން، ލުއި ޝޯގެ ދެ ވަނަ ސީޒަން، އެހާރުން، އަލިފްގެ ތާ، މީރުބައިޓްސް އަދި ސުންދުސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox