އިހަވަންދޫގައި ގަވާއިދުން ފަތިސް ނަމާދުގެ ޖަމާއަތަށް ދާ ކުދިންނަށް ހަދިޔާއަކަށް ބައިސްކަލެއް

އިހަވަންދޫގައި ގަވާއިދުން ފަތިސް ނަމާދުގެ ޖަމާއަތަށް ދާ ކުދިންނަށް ހަދިޔާއަކަށް ބައިސްކަލެއް

މި ފެށޭ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 40 ދުވަސް ވަންދެން ކޮންމެ ދުވަހެއްގެ ފަތިސް ނަމާދު ޖަމާއަތުގައި ކުރާ ކުދިންނަށް ހިލޭ ބައިސްކަލެއް ދިނުމުގު ޕުރޮގުރާމެއް ހއ. އިހަވަންދޫ މިސްކިތަކުން ފަށަން ތައްޔާރުވެއްޖެ އެވެ.

ބައިސްކަލެއް ހިލޭ ދިނުމުގެ ޕުރޮގުރާމު ކުރިއަށް ގެންދަނީ އެރަށު، މަސްޖިދުލް ތައާވުންގެ އިމާމުން އިސްވެ ތިއްބަވައިގެންނެވެ. އެ ޕުރޮގުރާމުގެ ދަށުން ހަދިޔާ ދެނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާ އެކު އެވެ. ޕުރޮގުރާމުގެ ދަށުން ބައިސްކަލު ދޭނީ ގުރޭޑު 1-7 އާ ދެމެދުގެ ގުރޭޑުތަކުގައި ކިޔަވާ ކުދިންނަށެވެ.

އެރަށު ކައުންސިލު ރައީސް، އަހުމަދު ސޮބާހު ވިދާޅުވީ އެ ކަމަކީ ނަމާދު ކުރުމަށް ކުދިން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕުރޮގުރާމެއް ކަމަށާއި، ރަމަޟާން މަހުގައި ވެސް ތަރާވީހް ނަމާދާއި ދަމު ނަމާދަށް ގަވާއިދުން ހާޒިރުވި ކުދިންނަށް އެ މިސްކިތުގެ އިމާމުން ހަދިޔާ ދީފައިވާ ކަމަށެވެ.

"އާންމުކޮށް ފާހަގަ ވަނީ ފަތިސް ނަމާދުގެ ޖަމާއަތަށް ކުދިން ހާޒިރުވާލެއް މަދުކަން، އެހެންވެ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް މިއީ،" ސޮބާހު ވިދާޅުވި އެވެ.

އެކަމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރަމަޟާން މަހުގައި ވެސް ކުދިންގެ މެދުގައި ނަމާދަށް މިސްކިތަށް ހާޒިރުވުމުގެ ރޫހު ވަރަށް ބޮޑަށް އަށަގަތް ކަމަށާއި ބޭނުމަކީ ރަމަޟާން މަސް ނިމުމުން ވެސް އެގޮތުގައި އެ ކުދިން ދެމިތިބުން ކަމަށެވެ.

"މައިގަނޑު މަގުސަދަކީ ރަމަޟާން މަސް ނިމުމުނު ކަމުގައި ވިޔަސް ގިނަ ކުދިބަޔަކު މިސްކިތްތަކަށް ޖަމާއަތަށް ހާޒިރުވެ ނަމާދު ކުރުމަށް އަހުލުވެރި ކުރުވުން،"

އޭނާ ވިދާޅުވީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސާޅީސް ދުވަސް ވަންދެން އެ މިސްކިތަށް ޖަމާއަތަށް ދާ ހުރިހާ ކުދިންގެ ހާޒިރީ ގަވާއިދުން އެ މިސްކިތުގެ އިމާމު، ހުސެއިން ރަޝީދު ބަލަހައްޓަމުން ގެންދަވާނެ ކަމަށެވެ. ހާޒިރީ ބަލަން ފެށުމަށްފަހު ކޮންމެ ދިހަ ދުވަހަކުން ބަރާބަރަށް މިސްކިތަށް ދާ ކުދިންނަށް ހަދިޔާ ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ބޮޑުމިނުގައި 61.9 ހެކްޓަރު ހުންނަ އިހަވަންދޫއަކީ 3،335 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިއީ އެރަށުގައި މިފަދަ ކަމެއް ކުރާ ފުރަތަމަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox