ވާގޮތް: ޓޮކްސިކް ޕާސަނިލިޓީގެ ވައްތަރުތައް

ވާގޮތް: ޓޮކްސިކް ޕާސަނިލިޓީގެ ވައްތަރުތައް

އެހެން މީހުންނަށް ނޭދެވޭ އަސަރުކުރާ ފަދަ މީހުން ނުވަތަ ޓޮކްސިކް ޕާސަނަލިޓީތަކަކީ ނުރައްކާތެރި ވައިރަސް އެއް ފަދަ އެއްޗެކެވެ. ހަށިގަނޑުތެރެއަށް ވައިރަސްއެއް ވަންނަ ފަދައިން ޓޮކްސިކް ޕާސަނިލިޓީއެއް އަހަރުމެންގެ ދިރިއުޅުމަސް ވަދެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ދިރިއުޅުމުގެ ހުރިހާ ގުނަވަނަކަށް ފޯރަ އެވެ. އަހަރުމެން ކޮންމެ މީހެއްގެ ވެސް ހަޔާތުގެ ކޮންމެސް ހިސާބަކުން މިފަދަ މީހަކާ ނުވަތަ މީހުންތަކަކާ ދިމާވާނެ އެވެ. މި މީހުންގެ ސަބަބުން އަހަރުމެން ފޫހިވެ، ބޮލަށް އުދަނގޫވެ، ބައެއް ފަހަރު އަމިއްލަ ނަފުސުގެއަގާއި މެދު ސުވާލު ވެސް އުފެދިދާނެ އެވެ. ނަމަވެސް ޓޮކްސިކް ޕާސަނަލިޓީއެއް ހިމެނޭ އެންމެންނަކީ އެއްފަދަ ބައެއް ނޫނެނެވެ. މީގައި އެކި ބާވަތްތައް ހިމެނޭ އިރު އެކި ބާވަތްތަކުގެ މީހުންގެ ސަބަބުން ކުރާ އަސަރު ވެސް ތަފާތެވެ.

ނާސިސިސްޓް

ނާސިސިސްޓުންނަކީ އަމިއްލަ ނަފްސުގެ މުހިންމުކަން ބޮޑުކަމުގެ އިހުސާސް ހައްދުފަހަނައަޅާ، މެދުނުކެނޑި ސަމާލުކަން ބޭނުންވާ ބައެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ އެހެން މީހުންނަށް ވުރެ ގިންތީގެ ގޮތުން މަތީ ބައެކެވެ. އަދި ކޮންމެ މީހަކު ވެސް އެމީހުންގެ ބޭނުންތައް ފުއްދައިދޭން ޖެހޭނެ ކަމަށް ގަބޫލުކުރެ އެވެ. އެހެން މީހުންގެ އިހްސާސްތައް ދެނެގަތުމަށް ނުވަތަ ފަރުވާލުވުމަށް އެމީހުން ނުކުޅެދުންތެރިވެ އެވެ. ނަތީޖާއަކީ އަނެކާގެ އިހްސާސްތަކަށް އެއްވެސް ފަރުވާލެއް ނެތި އަމިއްލަ އެދުންތައް ފުއްދުމަށް އެހެން މީހުން ބޭނުންކުރުމެވެ.

Advertisement

މެނިޕިއުލޭޓާ

މެނިޕިއުލޭޓަރުންނަކީ އެމީހުންގެ ބަހާއި އަމަލުތައް ބޭނުންކޮށްގެން އެހެން މީހުން ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ބައެކެވެ. އެއީ ގޭސްލައިޓް ކުރުމާއި، ގިލްޓް ޓްރިޕް ކުރުމާއި، އިމޯޝަނަލް ބްލެކްމެއިލް ކުރުމުގެ މާހިރުންނެވެ. ވިކްޓިމްއެއްގެ ރޯލު ކުޅެ އެމީހުންގެ ކުށްތަކުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ މިބައިމީހުންނަށް ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެކެވެ.

ޑްރާމާ ކުއީންސް/ކިންގްސް

ޑްރާމާ ކުއީންސް/ކިންގްސް އަކީ ދާ ކޮންމެ ތަނަކުން އަދި ކުރާ ކޮންމެ ކަމަކުން މައްސަލައެއް އުފައްދާ ހަލަބޮލިކޮށް ޑްރާމާ އުފައްދާ ބައެއްކެވެ. ގިނަ ފަހަރަށް މިކަން ކުރަނީ ސަމާލުކަމާއި ހަމްދަރުދީ ހޯދުމަށެވެ. އަދި ޑްރާމާއަށް ބޭނުންވާ ކަންކަމަށް ކާނާ ދިނުމަށްޓަކައި ކޯޅުންތައް ވެސް އުފައްދާނެ އެވެ. މިއީ ގިނަ ފަހަރަށް ޖަޒުބާތީ އަދި ލަފާނުކުރެވޭ ކަންތައްތަކެއް ކަމުން މިފަދަ މީހަކާއި އެކީ އުޅޭ މީހުންނަށް އަބަދުވެސް ލަދުވެތިކަމާއި ކުރިމަތިލުންތަކަކަކީ އާދައަކަށްވެ އެވެ.

ގޮސިޕް

ގޮސިޕްސް ނުވަތަ ދެބައޮޑުވުމަކީ އެހެން މީހުންގެ ވާހަކަ ދައްކާ މަލާމާތްކޮށް ހެދުމުން އުފާ ހޯދާ ބައެކެވެ. މިފަދަ މީހުންނަކީ ކުދިކުދި ކަންކަމުގެ އަސްލު އޮޅުވާލާ އެވާހާކަތައް ބޮޑުކޮށްގެން ދައްކާ ބައެކެވެ. މިފަދަ ވާހަކަތަކުން މީހުންގެ މެދުގައި ނަފުރަތު އުފައްދާ ކޯޅުންތަކުގެ ހުޅުރޯކުރެ އެވެ. މިކަންކަމަކީ އެމީހުންގެ ޝައުގުވެރިކަން އިތުރުވެގެންދާ ކަންކަމެވެ. އަދި އެހެން މީހުންނާ ސޯޝަލައިޒްވެ ސަމާލުކަން ހޯދުމުގެ އުކުޅެއް ގޮތުގައިވެސް ގޮސިޕް ބޭނުންކުރެ އެވެ.

ފާޑުކިޔުންތެރިޔާ

ފާޑުކިޔުންތެރިންނަކީ އެހެން މީހުންގެ އުނިކަންތަކާއި ގޯސްތައް ދެނެގަތުމަށް އަވަސް ބައެކެވެ. މިމީހުން ގިނަ ފަހަރަށް ފާޑުކިޔުން ބޭނުންކުރަނީ އެހެން މީހުންނަށް ވުރެ ބޮޑު މީހެއްގެ އިހްސާސްކުރުމަށާއި އެހެން މީހުން ކޮންޓްރޯލްކޮށް ކުރުމަށެވެ. މި މީހުންނަކީ ވެސް އެހެން މީހުންގެ އިހްސާސްތަކަށް ފަރުވާލެއް ބަހައްޓާ ބައެއް ނޫން ކަމުން، ފާޑުކިޔުމުގައި ހައްދުފަހަނާއަޅާ ގޮސް މީހުންނަށް ނަފްސާނީ ގޮތުން އަސަރުކުރާ ވަރުކުރެ އެވެ. މިފަދަ މީހެއް ކައިރީ އުޅޭ މީހެއް ސެލްފް ކޮންފިޑެންސް ނުވަތަ އަމިއްލަ ގާބިލިއްޔަތުކަން ވަޒަންކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ އެވެ.

ހަސަދަވެރިން

ހަސަދަވެރިންނަކީ އެހެން މީހުންގެ އަތުގައިވާ އެއްޗެއްސާއި އެހެން މީހުންނަށް ލިބޭ ކުރިއެރުންތަކުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފައްދާ ބައެކެވެ. އެހެން މީހުންގެ ކާމިޔާބީ އަށް ހުރަސް އަޅަން ނުވަތަ އަގު ވައްޓާލުމަށް މިމީހުން މަސައްކަތްކުރެ އެވެ. މި މީހުންނަކީ އަމިއްލަ ނަފްސު ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން މީހުންް ކުރާ މަސައްކަތަށް ހުރަސްއަޅައިގެން ނަފްސު ބޮޑުކުރާ ބައެކެވެ.

ޕެސިވް-އެގްރެސިވް

ޕެސިވް-އެގްރެސިވް ފަރުދުންނަކީ ރުޅިވެރިކަމާއި ދެކޮޅުވެރިކަން ނާޒުކު އަދި ނުސީދާ ގޮތެއްގައި ފާޅުކުރާ ބައެކެވެ. އެމީހުންގެ ނުރުހުން ފާޅުކުރުމަށްޓަކައި މަލާމާތާއި، ބެކްހެންޑް ކޮމްޕްލިމެންޓް ނުވަތަ ސައިލެންޓް ޓްރީޓްމެންޓް ބޭނުންކުރެ އެވެ. އެމީހުންނަކީ ކޯޅުންތަކާއި ދުރު، ދުރުދުރުން މީހުން މެނިޕިއުލޭޓް ކުރާ ބައެކެވެ.

ނިންމުން

ކުރުކޮށް ބުނާނަމަ ކޮންމެ ޓޮކްސިކް ޕާސަނިލިޓިއެއް ހިމެނޭ މީހަކީވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ދިރިއުޅުމާއި މެދު ހިތްހަމަނުޖެހޭ ބައެކެވެ. އަދި މިކަން ފޮރުވުމަށްޓަކަައި ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން ބޮޑު މީހެއްގެ ގޮތުގައި ފެނުމަށް މަސައްކަަތްކުރެ އެވެ. އަމިއްލަ ނަފުދުގައި މިފަދަ ސިފަތަށް ހުރިނަމަ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ވަރަސް މުހިންމު ކަމެކެވެ. އެއީ މުޖުތަމައުގެ ގަދަރު ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox