ރިޕޯޓުޒަމާނީ ސިފައެއްގައި އަންބަލަންގެ އަނބުރާ ދިވެހިންގެ ތެރެއަށް

ޒަމާނީ ސިފައެއްގައި އަންބަލަންގެ އަނބުރާ ދިވެހިންގެ ތެރެއަށް

ޒަމާނާއެކު އަންބަލަނގެ ނެތި ގެއްލި ގޮސްފައިވަނިކޮށް، އެކަން އަނބުރާ ގެނައީ ތިލޭރުކަން ދަސްކޮށްދިނުމަށް އެމްއައިޓީން ހިންގި ކޯހުގެ ފުރަތަމަ ބެޗުގައި ހިމެނުނު ފަސް ބައިވެރިންނެވެ. މިހާރު އެއީ ކުރިއަރަމުން އަންނަ ކުންފުންޏެއްގެ ފަސް މުލެވެ.

އަންބަލަނގެ ސްޓޫޑިއޯގައި ހަރުކޮށްފައި ހުރި ބައެއް ފޮޓޯތައް; ފަސް ބައިވެރިންގެ ދަތުރުގެ ބައެއް މަންޒަރުތައް މި ފޮޓޯތަކުން ފެނޭ -- ފޮޓޯ: އަދަދު
އަންބަލަނގެ ސްޓޫޑިއޯގައި ހަރުކޮށްފައި ހުރި ބައެއް ފޮޓޯތައް; ފަސް ބައިވެރިންގެ ދަތުރުގެ ބައެއް މަންޒަރުތައް މި ފޮޓޯތަކުން ފެނޭ -- ފޮޓޯ: އަދަދު

އަންބަަލަންގެއަކީ އިހުޒަމާނުގެ ގޭގޭގެ ދެކުނު ފަރާތުގައި ހަދާފައި ހުންނަ މަރިޔާދުގެއަކަށް ކިޔާނަމެކެވެ. އެތަނަކީ އަންހެނުންގެ މަސައްކަތަށް ހާއްސަ ތަނަކަށްވާއިރު، ކެއްކުމާއި އެކި ވާހަކަދެއްކުން އަދި ތިލޭރުކަމާއި އަތްތެރި މަސައްކަތްކުރުން ފަދަ ކަންކަމަކީ އޭރު އަންބަލަންގޭގައި ކުރަމުން އަންނަ މަސައްކަތެވެ.

ޒަމާނާއެކު އަންބަލަންގެ ނެތި ގެއްލި ގޮސްފައިވަނިކޮށް، އެކަން އަނބުރާ ގެނައީ ތިލޭރުކަން ދަސްކޮށްދިނުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ހިންގި ކޯހުގެ ފުރަތަމަ ބެޗުގައި ހިމެނުނު ފަސް ބައިވެރިންނެވެ. މިހާރު އެއީ ކުރިއަރަމުން އަންނަ ކުންފުންޏެއްގެ ފަސް މުލެވެ.

ޝަދީއާ އަދީލް ޖަލީލް، މަރިޔަމް އިބްރާހިމް، ހަދީޖާ ނަޒްވާ އަދި އާމިނަތް ޖުލައިލާގެ އިތުރުން އައިޝަތު ރިފްގާ އާޒިމް ގުޅިގެން އަންބަލަންގޭގެ ނަމުގައި ކުންފުންޏެއް ހެދީ، އެމްއައިޓީން ހުނަރު ދަސްކޮށްދިނުމަށް ހިންގި ކޯހުގެ ތެރެއިންނެވެ. ކޯހުގެ ވިޔަފާރި މޮޑިއުލްގައި ހަދަން ޖެހުނު އެސައިންމަންޓަކީ ވިޔަފާރި ޕްރޮޕޯޒަލެއް ހެދުމެވެ. ކުންފުންޏެއް ހަދާ، އެ ކުންފުނި ހިންގާ ބަލަހައްޓާނެ ގޮތެވެ.

ޝަދީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަދަދު
ޝަދީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަދަދު

ޝަދީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ; އަންބަލަނގޭގައި މަސައްކަތް ކުރަނީ ހުސް އަންހެން ތިލޭރުން -- ފޮޓޯ: އަދަދު

'އަންބަލަނގެ' މި ނަމަކީ ވެސް އެސައިންމަންޓުގެ ބޭނުމަށް ހެދި ރިސާޗުން ފެންމަތިވި ނަމެކެވެ.

އެސައިންމަންޓަށް ހޯދި ނަމުގައި ހުސް އަންހެނުން ޝާމިލުވެގެން ކުންފުންޏެއް އުފެއްދުމުގެ ވިސްނުން ޝަދީއާ (ޝަދީ) ދިޔައީ ގެންގުޅެމުންނެވެ. އެސައިންމަންޓުގެ ޕްރެޒެންޓޭޝަނަށްފަހު ދިޔަ ކޮފީއެއްގައި ޝަދީ އޭނާގެ އެ ހިޔާލު ގްރޫޕްގެ އެހެން ބައިވެރިންނާ ހިއްސާކުރި އެވެ. އެ ހިސާބުން ފަސް އެކުވެރިން ގުޅިގެން ކުންފުނީގެ މަސައްކަތް ފެށި އެވެ.

'އަންބަލަނގެ' މި ނަމަކީ ވެސް އެސައިންމަންޓުގެ ބޭނުމަށް ހެދި ރިސާޗުން ފެންމަތިވި ނަމެކެވެ.
އެސައިންމަންޓަށް ހޯދި ނަމުގައި ހުސް އަންހެނުން ޝާމިލުވެގެން ކުންފުންޏެއް އުފެއްދުމުގެ ވިސްނުން ޝަދީއާ (ޝަދީ) ދިޔައީ ގެންގުޅެމުންނެވެ. އެސައިންމަންޓުގެ ޕްރެޒެންޓޭޝަނަށްފަހު ދިޔަ ކޮފީއެއްގައި ޝަދީ އޭނާގެ އެ ހިޔާލު ގްރޫޕްގެ އެހެން ބައިވެރިންނާ ހިއްސާކުރި އެވެ. އެ ހިސާބުން ފަސް އެކުވެރިން ގުޅިގެން ކުންފުނީގެ މަސައްކަތް ފެށި އެވެ.


"ކޯހުން ދަސްވެއްޖެތާ ޕްރެޒެންޓޭޝަން ހަދަން. އޭގެ އެހީގައި ޕްރެޒެންޓޭޝަން ހަދައިގެން ދިޔައީ އެސްޑީއެފްސީގެ އެމްޑީއާ އެޕޮއިންޓްމަންޓެއް ހައްދައިގެން. ނަމަވެސް އޭރު ހުރީ އެ އަހަރަށް ލޯނު ދޫކުރުން މަޑުޖައްސާލާފައި" ކުންފުނި އުފެއްދި ވަގުތު ލޯނު ހަމަނުޖެހުނު ނަމަވެސް ކުރިއަށް ދިޔަގޮތް ޝަދީ ކިޔައިދިނެވެ. 
ޝަދީ ކިޔައިދިން ގޮތުގައި، އޭރު ލޯނު ހަމަނުޖެހުމުން، އެންމެން ވެސް އަމިއްލަ އަތުން އަދި އާއިލާ މީހުން އަތުން ފައިސާކޮޅެއް ނަގައިގެން ކުންފުންޏަށް ލަމުން ކުރިއަށް ދިޔަ ކަމަށެވެ. މަސައްކަތްތައް ކުރަން މާލެއިން ކުޑަ އިމާރާތެއް ވެސް ހޯދައިގެންނެވެ.
'އަންބަލަނގެ' މި ނަމަކީ ވެސް އެސައިންމަންޓުގެ ބޭނުމަށް ހެދި ރިސާޗުން ފެންމަތިވި ނަމެކެވެ. އެސައިންމަންޓަށް ހޯދި ނަމުގައި ހުސް އަންހެނުން ޝާމިލުވެގެން ކުންފުންޏެއް އުފެއްދުމުގެ ވިސްނުން ޝަދީއާ (ޝަދީ) ދިޔައީ ގެންގުޅެމުންނެވެ. އެސައިންމަންޓުގެ ޕްރެޒެންޓޭޝަނަށްފަހު ދިޔަ ކޮފީއެއްގައި ޝަދީ އޭނާގެ އެ ހިޔާލު ގްރޫޕްގެ އެހެން ބައިވެރިންނާ ހިއްސާކުރި އެވެ. އެ ހިސާބުން ފަސް އެކުވެރިން ގުޅިގެން ކުންފުނީގެ މަސައްކަތް ފެށި އެވެ. "ކޯހުން ދަސްވެއްޖެތާ ޕްރެޒެންޓޭޝަން ހަދަން. އޭގެ އެހީގައި ޕްރެޒެންޓޭޝަން ހަދައިގެން ދިޔައީ އެސްޑީއެފްސީގެ އެމްޑީއާ އެޕޮއިންޓްމަންޓެއް ހައްދައިގެން. ނަމަވެސް އޭރު ހުރީ އެ އަހަރަށް ލޯނު ދޫކުރުން މަޑުޖައްސާލާފައި" ކުންފުނި އުފެއްދި ވަގުތު ލޯނު ހަމަނުޖެހުނު ނަމަވެސް ކުރިއަށް ދިޔަގޮތް ޝަދީ ކިޔައިދިނެވެ. ޝަދީ ކިޔައިދިން ގޮތުގައި، އޭރު ލޯނު ހަމަނުޖެހުމުން، އެންމެން ވެސް އަމިއްލަ އަތުން އަދި އާއިލާ މީހުން އަތުން ފައިސާކޮޅެއް ނަގައިގެން ކުންފުންޏަށް ލަމުން ކުރިއަށް ދިޔަ ކަމަށެވެ. މަސައްކަތްތައް ކުރަން މާލެއިން ކުޑަ އިމާރާތެއް ވެސް ހޯދައިގެންނެވެ.

ރިފް އާއި މަރީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ; އަންބަލަނގޭގައި މަސައްކަތް ކުރަނީ ހުސް އަންހެން ތިލޭރުން -- ފޮޓޯ: އަދަދު

"ކޯހުން ދަސްވެއްޖެތާ ޕްރެޒެންޓޭޝަން ހަދަން. އޭގެ އެހީގައި ޕްރެޒެންޓޭޝަން ހަދައިގެން ދިޔައީ އެސްޑީއެފްސީގެ އެމްޑީއާ އެޕޮއިންޓްމަންޓެއް ހައްދައިގެން. ނަމަވެސް އޭރު ހުރީ އެ އަހަރަށް ލޯނު ދޫކުރުން މަޑުޖައްސާލާފައި،" ކުންފުނި އުފެއްދި ވަގުތު ލޯނު ހަމަނުޖެހުނު ނަމަވެސް ކުރިއަށް ދިޔަގޮތް ޝަދީ ކިޔައިދިނެވެ.

ޝަދީ ކިޔައިދިން ގޮތުގައި، އޭރު ލޯނު ހަމަނުޖެހުމުން، އެންމެން ވެސް އަމިއްލަ އަތުން އަދި އާއިލާ މީހުން އަތުން ފައިސާކޮޅެއް ނަގައިގެން ކުންފުންޏަށް ލަމުން ކުރިއަށް ދިޔަ އެވެ. އަދި މަސައްކަތްތައް ކުރަން މާލެއިން ކުޑަ އިމާރާތެއް ވެސް ހޯދައިގެންނެވެ.

ޖޫލީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ; އަންބަލަނގޭގައި މަސައްކަތް ކުރަނީ ހުސް އަންހެން ތިލޭރުން -- ފޮޓޯ: އަދަދު
ޖޫލީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ; އަންބަލަނގޭގައި މަސައްކަތް ކުރަނީ ހުސް އަންހެން ތިލޭރުން -- ފޮޓޯ: އަދަދު

ޖޫލީ, އަންބަލަނގޭގައި ގަހަނާ ހެދުމުގެ މަސައްކަތް ކުރަނީ; އަންބަލަނގޭގައި މަސައްކަތް ކުރަނީ ހުސް އަންހެން ތިލޭރުން -- ފޮޓޯ: އަދަދު

އަންބަލަންގެ ސްޓޫޑިއޯ މިހާރު ހިންގާ ކުޑަކުޑަ އިމާރާތް އެމީހުންނަށް ލިބުނުއިރު އެތަން އޮތީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. ތަން މަރާމާތު ކުރުމާ ހަމައިން ގޮސް މަސައްކަތް ކުރެވޭފަދަ މާހައުލަކަށް އެތަން ބަދަލު ކުރުމާ ހަމައަށް ވެސް އެއީ ހަމަ އެ ފަސް އަންހެނުންގެ މިންނެތް ބުރަ މަސައްކަތެވެ.

އުފެއްދިތާ ދޮޅު އަހަރުވެފައިވާ އަންބަލަންގެ އަކީ މިއަދު ރާއްޖޭގެ ގަހަނާ ވިއްކާ ކުންފުނިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އަތްތެރި މަސައްކަތުގެ ތެރެއިން އެކި ޒާތުގެ ގަހަނާ ތައްޔާރުކުރާ އަންބަލަނގެއިން އެންމެ ހާސިލުކުރަން ބޭނުންވަނީ ރާއްޖޭގެ އެންމެ އޯތެންޓިކް، އެންމެ ރަނގަޅު އެއް ބްރޭންޑަށްވުމުގެ ޝަރަފެވެ.

ތިލޭރުކަން ކުރާ މީހުންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ބޭނުންވާ ގޮތަކަށް ގަހަނާ ތައްޔާރު ކޮށްދިނުމުގެ ހިދުމަތް ދިނުމެވެ. ނަމަވެސް އަންބަލަނގެއިން އެ ހިދުމަތެއް ނުދެ އެވެ. އުފައްދާ ކޮންމެ އެއްޗަކީ އަތުން ތައްޔާރުކުރާ އެއްޗެއްސަށްވެފައި، މެޝިނުގެ ބޭނުންނުކުރާތީ، އެކަތި އަނެއްކައްޗާ ތަފާތު ވާނެ އެވެ.

އާންމުކޮށް ފިރިހެނުންކޮށް އުޅޭ މަސައްކަތްތަކަކީ އަންހެނުންނަށް ނުކުރެވޭނެ މަސައްކަތެއް ނޫންކަން މިއަދު އަންބަލަނގެއިން އެދަނީ ސާބިތުކޮށް ދެމުންނެވެ. ހުސް އަންހެނުން ޝާމިލުވެގެން ރާއްޖޭގައި ނެތްފަދަ ގަހަނާ ވިޔަފާރިއެއް ފަށައިގެން ކުރިއަށް އެ ގެންދަނީ އިހުގެ ދިވެހި ނަމެއް، ޒަމާނީ ސިފައިގައި ގެނެސް ދިރުވާ އާލާކުރަމުންނެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox