ދިގު އިންތިޒާރަކަށް ފަހު، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ހާއްސަ ތަމްރީނެއް ފުރިހަމަކޮށްފި

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރުމަށް، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތަކެއް ހިމެނޭ ދެ ކޯހެއް ފުރިހަމަކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) ގެ އޭވިއޭޝަން އިންސިޓިއުޓް އިން ހިންގި ދެ ކޯހަކީ އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް އޭ އޭރިއާ ކޮންޓްރޯލް ޕްރޮސީރަޖަލް ކޯސް އެވެ. ދެ މަސް ދުވަހަށް، އެކު އެކީ ކުރިއަށް ދިޔަ ކޮންމެ ކޯހެއްގައި ހަ ބައިވެރިން ބައިވެރިވި އެވެ.

މި ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށާއި އެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު (އާރުޓީޑީ) މުހައްމަދު މިސްބާހު ވިދާޅުވީ މިއީ އެހާ ގިނަ ބަޔަކު ތަމްރީނު ކުރެވިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ ކުރިން އެފަދަ ފުރުސަތެއް ދެވެނީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ތިން މުވައްޒަފަކަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ސަބަބަކީ ރާއްޖޭން ބޭރަށް ފޮނުވައިގެން ކުރަން ޖެހޭ ކަމަކަށް ވާތީ، ކޯސް ހިންގުމުގެ ހަރަދުތައް ވެސް ބޮޑުވެފައި، ޖާގަ ހޯދުން ވެސް ދަތި ކަމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

"މެލޭޝިއާ، ސިންގަޕޫރުގެ އިންސްޓިޓިއުޝަންތަކާ އެކު އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ކޮންވަޒޭޝަންތަކުގައި ވެސް، އެ ބޭފުޅުން ދަންނަވަނީ، 2025 އާ ހަމައަށް، ހުރިހާ ޖާގައެއް ފުލްވެފައޭ،" އެއާ ކޮންޓްރޯލަރުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރައްވަމުން މިސްބާހު ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެހެން ނަމަވެސް އެމްއޭސީއެލްގެ ލީޑާޝިޕާއި މުވައްޒަފުންގެ ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުން އެމްއޭސީއެލްގެ އިންހައުސްގައި އިންސްޓިޓިއުޓެއް އުފައްދައިގެން، އެ ކުންފުނީގެ އިންސްޓްރަކްޓަރުންނަށް ތަމްރީންތައް ގެންދިއުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން މިހާރު ވަނީ ދީފަ އެވެ.

"ވަރަށް ބޮޑު އެޗީވްމަންޓެއް، އެތައް ދުވަހެއް ކުރިން، އެތައް ބަޔަކު، ކުރި ބުރަ މަސައްކަތެއްގެ ފޮނި ނަތީޖާ، މަޑުމަޑުން، އަޅުގަނޑުމެންގެ ޕޯޓްފޯލިއޯއަށް އިތުރު ކުރަމުން، މި ސަރަހައްދުގެ އިންސްޓިޓިއުޝަންތަކާ ފައިހަމަކޮށްލެވޭ ކަން ފެނިގެން މި ދަނީ،" ތަމްރީނުތައް ހިންގަން ފެށުން މިސްބާހު ސިފަކުރެއްވީ ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުމަށް ބޭއްވި ކޯސްތައް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިން ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އޭވިއޭޝަން އިންސިޓިއުޓް އިން ހިންގި ދެ ކޯހަކީ އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް އޭ އޭރިއާ ކޮންޓްރޯލް ޕްރޮސީރަޖަލް ކޯސްގެ އިތުރުން އެޕްރޫވް ކޮންޓްރޯލް ސަވަޔަލެންސް ކޯސް ވެސް އެމްއޭސީލްގެ ފެސިލިޓީގައި ހިންގުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

"މި ކަމަށް ބޭނުންވާ އެކްޓެންޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން. އަޅުގަނޑުމެންނާ ގުޅިގެން ކޯސް ޑިވެލޮޕްކޮށް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،" މިސްބާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox