މިމަހުގެ މިހާތަނަށް ބީއެމްއެލްގެ އެމެކްސް ކާޑު ބޭނުންކުރާ 20 ކަސްޓަމަރަކަށް އެ ބޭންކުން ހަދިޔާގެ ގޮތުގައި ފައިސާ ދީފި އެވެ.
ފައިސާ ދީފައިވަނީ ބީއެމްއެލުން ދޫކޮށްފައިވާ އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕުރޮމޯޝަނުގެ ތެރެއިންނެވެ. އެ ޕުރޮމޯޝަނަކީ ބީއެމްއެލްގެ އެމެކްސް ކާޑު ބޭނުން ކުރާ ފަރާތްތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމަނައިގެން ކުރިއަށް ގެންދާ ހާއްސަ ޕުރޮމޯޝަނެކެވެ.
އެ ޕުރޮމޯޝަނުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ކޮންމެ ހަފުތާއަކު ގުރުއަތުން ދިހަ ނަސީބުވެރިން ހޮވާ އެ ޕުރޮމޯޝަނުގައި، އެމެކްސް ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތުގެ ފައިސާ ނަސީބުވެރިންނަށް ބީއެމްއެލުން އަނބުރާ ދޭނެ އެވެ. އޭގެތެރޭގައި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތްތައް ވެސް ހިމެނެ އެވެ.
މިމަހުގެ ފުރަތަމަ ދެ ހަފުތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދެން މުޅިން ވެސް ދިވެހިންނެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިންގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
ބީއެމްއެލްއަކީ އެމެރިކަން އެކްސްޕްރެސް ކާޑުގެ ބަދަލުގައި އެމެކްސް ކާޑު ބޭނުން ކުރާ ހަމައެކަނި ބޭންކެވެ. 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.









