ވާގޮތް: ކޮންމެ މީހެއްގެ ވެސް އިނގިލީގެ ނިޝާން ތަފާތީ ކީއްްވެ؟

ވާގޮތް: ކޮންމެ މީހެއްގެ ވެސް އިނގިލީގެ ނިޝާން ތަފާތީ ކީއްްވެ؟

އިނގިލީގެ ނިޝާނަކީ އިންސާނުން ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ތަފާތު ސިފައެކެވެ. އެއްވެސް ދެ އިނގިއްޔެއްގެ ނިޝާނެއް އެއްގޮތް ނުވާއިރު، އެއްމާބަނޑު ދެ ކުދިންގެ އިނގިލީގެ ނިޝާން ވެސް ތަފާތުވެއެވެ. އެކަމަކު ކޮންމެ މީހެއްގެ ވެސް ތަފާތު އިނގިލީގެ ނިޝާނެއް ހުންނަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު އޮތީ އިނގިލީގެ ނިޝާން އުފެދޭ ގޮތުގައެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު ހެދިބޮޑުވުމުގެ ތެރޭގައި އިނގިލީގެ ނިޝާން އުފެދި، ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކުން ނިޝާނަށް އަސަރު ކުރެއެވެ. އިނގިލީގެ ނިޝާނެއް އެކުލެވޭ ރޮނގުތަކާއި އުފުލުންތައް އުފެދެނީ ހަމުގައި ހުންނަ ކުދިކުދި ބިހިތަކެއް ކަމަށްވާ ޑާމަލް ޕެޕިލާ އާއި ހަމުގެ އެންމެ ބޭރު ފަށަލަ ކަމަށްވާ އެޕިޑާމިސްގެ މުއާމަލާތުންނެވެ. މި ރޮނގުތަކުން އުފެދޭ ނިޝާން ކޮންމެ މީހަކަށް ތަފާތުވާ އިރު، އިނގިއްޔަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުލިބޭހޭ ހިނދަކު، މީހެއްގެ މުޅި އުމުރުގައި ވެސް އެއްގޮތަކަށް ހުރެ އެވެ.

އިނގިލީގެ ނިޝާނުގެ މައިގަނޑު ތިން ވައްތަރެއް ހުރެ އެވެ. އެއީ އާކްސް، ލޫޕްސް، އަދި ވޯލްސް އެވެ. އާކްސް އަކީ ފަރުބަދައެއް ނުވަތަ ރާޅެއް ފަދައިން މެދާ ދިމާލުން ހިއްލިފައި ހުންނަ ރޮނގުތަކުގެ ވައްތަރެވެ. ލޫޕްސް އަކީ ވާގަނޑެއް މެދުގައި ހިފާފަ ދެކޮޅު ތިރިއަށް ދޫކޮށްލީމަ އިންނަ ބައްޓަމަށް ހުންނަ ރޮނގުތަކެވެ. އަދި ވޯލްސް އަކީ މައިގަނޑު ގޮތެއްގައި ބޮޅެއް ގޮތަށް ވަށްކޮށް ނުވަތަ ވަށްވަމުންދާ ރޮނގުތަކުގެ ވައްތަރެވެ. އިނގިލީގެ ނިޝާނެއްގެ އުސޫލު ކަނޑައެޅެނީ އެ މީހެއްގެ ޖެނެޓިކް ކޯޑުންނެނެވެ. މިއީ އެއްމާބަނޑު ދެ ކުދިންގެ އިނގިލީގެ ނިޝާން ވެސް އެއްގޮތް ނުވާ ސަބަބެވެ. ނަމަވެސް އާއިލާތަކުގެ ތެރޭގައި ވެސް ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުން ހުރި ކަންތައްތަކުގެ ސަބަބުން ކޮންމެ މެމްބަރެއްގެ ވެސް އިނގިލީގެ ނިޝާން ތަފާތުވާނެ އެވެ.

Advertisement

ބެލެވޭ ގޮތުގައި އިނގިލީގެ ނިޝާނުގެ ބޭނުމަކީ އެއްޗެހި ހިފަހައްޓާ ހެދުމުގައި އިނގިލި ކޭތި ހަރުލާ މިންވަރު އިތުރުކުރުމެވެ. މިއީ ހާއްސަކޮށް ދިރިހުރުމަށްޓަކައި ގަސްތަކަށް އަރައި ގޮފިތަކުގައި ހިފަހައްޓަން ބޭނުންވި އަހަރުމެންގެ ކާބަފައިންނަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، މީހުން ދެނެގަތުމަށް އިނގިލީގެ ނިޝާން ބޭނުންކުރަމުން އަންނަތާ ވެސް ގަރުނުތަކެއް ވެއްޖެއެވެ. އިނގިލީގެ ނިޝާނުގެ ހާއްސަ ސިފަތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމާއި ފޮރެންސިކް ސައިންސްގެ މުހިންމު ވަސީލަތަކަށް މި ނިޝާންވެއްޖެ އެވެ.

މީހުން ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި އިނގިލީގެ ނިޝާން ތަރައްގީ ވެގެން ދިޔައީ 19 ވަނަ ގަރުނުގެ ފަހުކޮޅުގަ އެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިއެއް ކަމަށްވާ ފްރާންސިސް ގަލްޓަން 1892 ވަނަ އަހަރު "ފިންގަޕްރިންޓްސް" ގެ ނަމުގައި ފޮތެއް ޝާއިއުކުރިއިރު، އެ ފޮތުގައި އޭނާ ހުށަހެޅީ އިނގިލީގެ ނިޝާން, މީހުން ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އިނގިލީގެ ނިޝާންތަކަކީ ތަފާތު އެއްޗެއް ކަމަށާއި އެއްވެސް ދެ ނިޝާނެއް އެއްގޮތް ނުވާކަން ގަލްޓަން ފާހަގަކުރި އެވެ. އޭނާ އުފެއްދި އިނގިލީގެ ނިޝާންތައް ގިންތިކުރުމުގެ ނިޒާމަކީ މިއަދުވެސް ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ.

ޓެކްނޮލޮޖީގެ ގިނަ ކުރިއެރުން ލިބިފައި މިވާ ޒަމާނުގައި ވެސް، މީހުން ދެނެގަތުމަށް އެންމެ އިތުބާރު ހުރި އެއް ވަސީލަތަކީ އިނގިލީގެ ނިޝާން ކަމަށްވުމަކީ ސައިންސްވެރިންނާއި އާންމު ރައްޔިތުން ވެސް އެކަމާއިމެދު ހައިރާންވާންޖެހޭ ކަމެކެވެ. ކޮންމެ މީހަކީވެސް ތަފާތު މީހަކަށް ވާން މަސައްކަތް ކުރަމުން އަންނަ މި ދުނިޔޭގައި، އިނގިލީގެ ނިޝާނަކީ އަހަރުމެން ކޮންމެ މީހަކީ ވެސް އަހަރެމެން ފަދަ ދެވަނައެއް ނެތްކަން ހަނދާން ކޮށްދީ އެކަމަށް ބާރުދޭ ހެއްކެކެވެ.

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox