އިންޑިއާގެ އެވޯޑު ހަފުލާއެއްގެ ތެރެއިން މާ ބޮޑަށް ހޫނުވެ 12 މީހުން މަރުވެއްޖެ

އެ ހާދިސާ ހިނގީ މަހަރާޝްތްރަ ސްޓޭޓުގައި. -- ފޮޓޯ: ޕީޓީއައި

އެ ހާދިސާ ހިނގީ މަހަރާޝްތްރަ ސްޓޭޓުގައި. -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ މަހަރާޝްތްރަ ސްޓޭޓުގައި ބޭއްވި އެވޯޑު ހަފުލާއެއްގެ ތެރެއިން މާބޮޑަށް ހޫނުގަދަވެ 12 މީހުން މަރުވެ ގިނަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.

ސަރުކާރުން ސްޕޮންސާކޮށްގެން އެވޯޑު ހަފުލާ ބޭއްވީ އަވިގަދަ ވަގުތު ހިޔާނުކޮށް އޮތް ތަނެއްގަ އެވެ. އެ ހަފުލާ އެތައް އިރެއް ވަންދެން ކުރިއަށް ދިޔަ އެވެ.

އާދީއްތަ ދުވަހުގެ ހަފުލާގައި އެތައް ހާސް މީހުން ބައިވެރިވި އެވެ. އެއީ އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ އެކްޓިވިސްޓެއްގެ އަގު ވަޒަންކުރަން ބޭއްވި ހަފުލާއެކެވެ.

އެ ހަފުލާގައި ބައިވެރިވި ގިނަ މީހުންނަށް ޑީހައިޑްރޭޝަންގެ މައްސަލަ އާއި މާ ބޮޑަށް ހޫނުވުމުން ދިމާވާ އެހެން މައްސަލަތަސް ދިމާވެގެން ޝަކުވާކޮށްފައިވެ އެވެ.

ހަފުލާ ބޭއްވި ނަވީ މުމްބާއި ސިޓީގައި އާދީއްތަ ދުވަހު ފިނިހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގަ އެވެ. ދުވާލުގެ 11:00 އިން 04:00 އަށް ބޭރުގައި އުޅުން މަދުކުރަން ސިއްހީ ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

އާދީއްތަ ދުވަހުގެ ހަފުލާގައި ހޯމް މިނިސްޓަރު އަމިތު ޝާހް އާއި އެހެން ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ހަފުލާ ކުރިއަށް ދިޔަ އެވެ.

"ހީޓްސްޓްރޯކް" ޖެހި 12 މީހުން މަރުވި އިރު، ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ވަނީ ހަފުލާގެ އިންތިޒާމްތަކަށް ފާޑުކިޔައިފަ އެވެ.

މަހަރާޝްތްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އެކްނަތު ޝިންދޭ ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް 500،000 ރުޕީޒް ބަދަލުގެ ގޮތުގައު ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox