ވެސްޓް ހޭމް އިން އާސެނަލް ހާސްކޮށްލައިފި

Apr 16, 2023, 3:37 PM
ވެސްޓް ހޭމް އިން އާސެނަލް ހާސްކޮށްލައިފި

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ވެސްޓް ހޭމް ޔުނައިޓެޑް އިން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ލީގުގެ ރޭހުގައި އާސެނަލް ޕްރެޝަރު ހާލަތަކަށް ވައްޓާލައިފި އެވެ.

ލީގުގައި މިދިޔަ ހަފްތާގައި ލިވަޕޫލް ދަނޑުގައި ވެސް އާސެނަލް އަތުން ވަނީ ދެ ގޯލުގެ ލީޑެއް ގެއްލިފަ އެވެ. ޖެހިޖެހިގެން ދެ ހަފްތާގައި އާސެނަލް އަތުން ހަތަރު ޕޮއިންޓް ގެއްލިފައިވާއިރު، މިހާރު އޮތްގޮތުން، ލީގުގެ ރޭހުގައި އާސެނަލަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފަ އެވެ. އެ ގޮތުން ސިޓީން މެޗު ހަމަކޮށް، މި މަހުގެ 26 ވަނަ ދުވަހު އާސެނަލާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް އެއް ވަަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

އާސެނަލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 31 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ވަނީ 30 މެޗުން 70 ޕޮއިންޓް ނަގައިފަ އެވެ.

Advertisement

ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 10 މިނިޓް ތެރޭ އާސެނަލުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އާސެނަލުން ލީޑުނެގީ ހަތް ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. މިއީ އާސެނަލްގެ ފުލްބެކް، ބެން ވައިޓް އޭރިއާތެރެއިން ނެގި ހުރަހަކަށް ހުސްކޮށް އަރައި، ޖީސޫސް ޖެހި ލަނޑެކެވެ. އޭގެ ތިން މިނިޓް ފަހުން، ގަބްރިއެލް މާޓީނެލީ ނެގި ހުރަހަކަށް އަރައި އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމް އިން މެޗުގެ ތެރެއަށް އަލުން އެނބުރި އައީ ޕެނަލްޓީ އަކުން ގޯލެއް ޖަހައިގެންނެވެ. ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ އަށް އޭރިއާތެރެއިން އާސެނަލްގެ ގަބްރިއެލް މަގާޅައެސް ކުރި ފައުލަކަށް ދިން ޕެނަލްޓީ ވެސްޓް ހޭމްގެ އަލްޖީރިއާގެ ވިންގް، ސައީދު ބެންރާމާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އާސެނަލަށް ލީޑުފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ގޮތުން ޕެނަލްޓީ އަކުން ލިބުނު ފުރުސަތަކުން ބުކާޔޯ ސަކާ ޖެހި ބޯޅަ ގޯލާ ސީދާނުވެ ދިޔައީ ބޭރުންނެވެ. އާސެނަލުން ލީޑުފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު ނަގާލިތާ ދެ މިނިޓެއްހާއިރު ފަހުން، ވެސްޓް ހޭމް އިން ވަނީ ދެ ވަނަ ގޯލެއް ޖަހައި، ނަތީޖާ ހަަމަހަމަކޮށްފަ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ޖެހި ލަނޑެކެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ދެ ގޯލު ޖެހުމާ ހަމައިން މެޗު ނިމުނީ ކަމަށް ބަލައިގެން ތިބުމުގެ ގޯސް ޖެހިޖެހިގެން ދެ ހަފްތާގައި އާސެނަލް އަށް ހެދިފައިވާ ކަމަށެވެ. އަދި މި ލެވަލްގައި ފުޓްބޯޅަ ކުޅޭނަމަ މުޅި މެޗަށް ސަމާލުވެގެން ކުޅެން ޖެހޭނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"ތިން ވަނަ ގޯލެއް ނޫނީ ހަތަރު ވަނަ ގޯލެއް ވެސް ޖަހައިގެން މިކަން ވާން އޮތީ. އެކަން ކުރެވޭ ވަރަށް ކޮންސަންޓްރޭޝަން ނުފެނި ދިއުމުގެ ފައިދާ އިދިކޮޅު ޓީމުން މި ނަގަނީ،" މާޔޫސްވެފައި ހުރި އާޓެޓާ ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ 30 މެޗުން 31 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox