އިންޑިއާގެ ކުރީގެ އެމްޕީއަކާއި އޭނާގެ ބޭބެ ލައިވް ޓީވީގައި ބަޑިޖަހައި މަރާލައިފި

އާތިގް އަހްމަދު (ކ) އަދި އޭނާގެ ބޭބެ އަޝްރަފު މަރާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން. -- ފޮޓޯ: ބީބީސީ

އާތިގް އަހްމަދު (ކ) އަދި އޭނާގެ ބޭބެ އަޝްރަފު މަރާލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން. -- ފޮޓޯ: ބީބީސީ

ރަހީނު ކުރުމުގެ ކުށް ސާބިތުވެފައި ހުރި އިންޑިއާގެ ކުރީގެ ޕާލަމެންޓު މެމްބަރަކާއި އޭނާގެ ބޭބެ ލައިވްކޮށް އިންޓަވިއު ދެނިކޮށް ބަޑި ޖަހައި މަރާލައިފި އެވެ.

އާތިގް އަހްމަދު ނޫސްވެރިންނަށް އިންޓަވިއު ދޭން ހުރި އިރު ކައިރީގައި ފުލުހުން ތިއްބެވެ. އެ ދަނޑިވަޅުގައި ބޯ ކައިރީގައި ބަޑިއެއް ޖައްސައި މަރާލީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން އާތިގް ބުނެފައި ވަނީ ފުލުހުންގެ ފަރާތުން އޭނާގެ ފުރާނައަށް ނުރައްކާ އެބަ އޮތް ކަމަށެވެ. ބަޑި ޖެހިއިރު، އާތިގް އާއި އަޝްރަފު ބިޑި އަޅުވައިގެން ބޭރަށް ނެރުނީ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގުމާ އެކު ނޫސްވެރިން ކަމަށް ހެދިގެން ތިބި ތިން ފިރިހެނުން ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

އާތިގް އާއި އަޝްރަފް މަރާލި އިރު، އާތިގްގެ ފުރާވަރު އުމުރުގެ ފިރިހެން ދަރިފުޅުގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި އާތިގްއާ ދެކޮޅަށް ގިނަ ޝަކުވާތަކެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރަހީނު ކުރުމާއި މީހުން މެރުމާއި ގަދަކަމުން ފައިސާ އަތުލުން ހިމެނެ އެވެ.

ރަހީނު ކުރުމުގެ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ނިންމައި އާތިގް އާއި އިތުރުން ދެ މީހުން އުމުރަށް ޖަލަށް ހުކުމް ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އިންޓަވިއު ކުރިއަށް ދަނިކޮށް އެ ތަނަށް ސައިކަލެއްގައި އައި ތިން މީހުން ބަޑި ޖެހި ކަމަށެވެ. އެ ހާދިސާގައި ނޫސްވެރިއަކާއި ފުލުހަކަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox