ވާގޮތް: ފާހާނާއަށް ވަނީމާ މާ މޮޅެތި ހިޔާލު އަންނަނީ ކީއްވެ؟

ވާގޮތް: ފާހާނާއަށް ވަނީމާ މާ މޮޅެތި ހިޔާލު އަންނަނީ ކީއްވެ؟

ވިޔަފާރިއެއްގެ ހިޔާލެވެ. އައު ކަމެއް ކުރާނެ ގޮތެވެ. ނޫނީ މީހަކު ކައިރީ ބުނެވޭނެ މޮޅު ވާހަކައެއް ނުވަތަ ދޭނެ މޮޅު ރައްދެކެވެ. ފާހާނާގައި އުޅޭ ވަގުތު މިފަދަ "މޮޅެތި" ހިޔާލުތައް އަންނަކަން ފާހަގަވެފައިވޭ ހެއްޔެވެ؟ މިއީ އާންމު ގިނަ ބަޔަކު މިކަމާ ހައިރާންވާ ކަމެކެވެ. މިކަން ދިމާވަނީ ކީއްވެގެންތޯ ބެލުމުގައި ބައެއް ނަޒަރިއްޔާތައް އެބަހުއްޓެވެ. މިކަންކަމަށް ބަލާލަމާހެއްޔެވެ.

އެންމެ ފުރަތަމަ ތިމާވެއްޓާ މެދު ވިސްނާލަން ހިނގާށެވެ. ފާހާނާއަކީ އާންމުކޮށް އަޅުގަނޑުމެންގެ ހިޔާލުތަކާއެކު އެކަނިވެރިވެވޭނެ ހަމަހިމޭން، އަމިއްލަ ޖާގައެކެވެ. އެއީ އަހަރެމެންނަށް ހަމަޖެހިލައިން އަހަރެމެންގެ ސިކުނޑި އުޅެން ދޫކޮށްލެވޭނެ ތަނެކެވެ. އާންމު ދިރިއުޅުމުގެ ހަލަބޮލިކަމަށް ސަމާލުކަން ގެއްލިގެން ނުދާތީ، މި މަޑުމައިތިރި ހާލަތަކީ އުފެއްދުންތެރިކަމަށް މަގުފަހިކޮށްދޭ ހާލަތެކެވެ.

ފާހާނާއާ ގުޅިގެން މޮޅު ހިޔާލުތައް ލިބޭ ކަމަށް ބެލެވޭ އަނެއް ކަމަކީ، މިއީ ވަކި ކަމަކާ މެދު ހަލުވިކަމާއެކު ނުވިސްނާ ވަގުތަކަށް ވުމެވެ. ގުދުރަތަށް ތަބާވެ މިފަދައިން އިށީންދެގެން އިންނަ އިރު ނުވަތަ ކޮޅަށް ހުންނަ އިރު، އަހަރެމެންގެ ސިކުނޑިއަށް އާންމުކޮށް ވިސްނާނުލާ ހިޔާލުތަކާއި މެދުގައި އައު ގުޅުންތައް އުފެއްދުމަށް މަގުފަހިވެދާނެއެވެ.

Advertisement

އަދި ފާހާނާގައި އިށީނދެގެން ތިބުމުގެ ޖިސްމާނީ އަމަލުގެ ސަބަބުން އަހަރެމެންގެ ސިކުނޑީގެ ހަރަކާތަށް އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަހަރެމެން އިށީނދެގެން ތިބޭއިރު އަހަރެމެންގެ ތިރީ ފަރާތްތަކަށް ލޭ ދައުރުވާއިރު، މިކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުވުން މަދުވެދާނެ އެވެ. ލޭގެ ދައުރުވުން މިގޮތަށް ދަށްވުމުން ހަމަޖެހިފައިވާ ނުވަތަ ފޯކަސްޑް ރިލެކްސް ވެފައިވާ ހާލަތަކަށް މެދުވެރިވެދާނެ އެވެ. މިވެސް އުފެއްދުންތެރި ވިސްނުމަކަށް މަގުފަހި ކަވެދާނެ ކަމެކެވެ.

ފަހު ކަމަކަށް ވިސްނާލަން ޖެހޭ ކަމަކީ އަހރުމެން ފާހާނާގައި އެތައް ވަގުތެއް ހޭދަކުރާ ކަމެވެ. ބައެއް އަންދާޒާތަކަށް ބަލާއިރު، އާދައިގެ މީހަކު އުމުރުގެ ތިން އަހަރު ހޭދަކުރަނީ ފާހާނާގައެވެ. އެއީ އަހަރުމެންގެ ފިކުރުތަކާއެކު އެކަނިވެރިވާން ލިބޭ ވަރަށް ގިނަ ވަގުތުތަކެކެވެ. އެހެންކަމުން މި ތިން އަހަރު ތެރޭ އަހަރުމެންގެ އެންމެ މޮޅު ބައެއް ހިޔާލުތައް އަތުވެދާނެ ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން ދެން މޮޅު ހިޔާލެއް ބޭނުންވެއްޖެ ހިނދެއްގައި ފާހާނާއަށް ދަތުރެއްކޮށް ސިކުނޑިއަށް އަންނަ އެއްޗެއް ބަލާލުން ކިހިނެއްވާނެ ހެއްޔެވެ؟

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox