ނިއުކާސަލް އާއި ޓޮޓެންހަމް ބަލިިވިއިރު، ޗެލްސީ އަށް އުފަލެއް ނެތް

Apr 15, 2023, 4:37 PM
އެންސީސޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އެންސީސޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ބަލިވިއިރު، އަމިއްލަ ދަނޑުގައި ބްރައިޓަން އަތްދަށުވެ، ޗެލްސީގެ ދަށް ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

އެސްޓަން ވިލާ ދަނޑުގައި 3-0 އިން ނިއުކާސަލް ބަލިވިއިރު، ފަހު ވަގުތު ގޯލު ޖަހައި ބޯންމައުތުން ވަނީ 3-2 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. ބްރައިޓަން އިން ވަނީ ޗެލްސީ ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.

ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޗެލްސީ އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅެއްލިބިފައިނުވާއިރު، އެ ޓީމު އޮތީ ލީގުގެ 11 ވަނައިގަ އެވެ.

ވިލާ ދަނޑުގައި ނިއުކާސަލް އަތުން ވިލާ މޮޅުކޮށްދޭން އެންމެ އިސް ރޯލެއް ކުޅުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިލާގެ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އެވެ. ރަނގަޅު ފޯމެއްގައި ހުރި ވަޓްކިންސް ވަނީ މި މެޗުގައި ދެ ގޯލު ޖަހައި، ޖޭކަބް ރަމްސީ ޖެހި ގޯލަށް ފުރުސަތު ވެސް ތަނަަވަސްކޮށްދީފަ އެވެ.

އުނާއި އެމެރީ ކޯޗުކޮށްދޭ ވިލާ އިން މި ވަގުތު އޮތީ 31 މެޗުން 50 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ހަތް ވަނައިގައި އޮތީ 29 މެޗުން 49 ޕޮއިންޓް ލިބިފައިވާ ބްރައިޓަން އެވެ.

ވިލާގެ ވަޓްކިންސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މި ވަގުތު އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ވަޓްކިންސް.

ޗެލްސީ ދަނޑުގައި އެ ޓީމުން ވަނީ 11 ވަނަ މިނިޓްގައި ކޯނާ ގަލަގާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މިއީ ބްރައިޓަންގެ ކެޕްޓަން ލެވިސް ޑަންކް ފައިގައި ޖެހިފައި ވަން ގޯލެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މެޗުގެ 42 ވަނަ މިނިޓްގައި ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޑެނީ ވެލްބެކް ބޮލުން ގޯލެއް ޖަހަ އެވެ. އޭގެ ކުރިން، ބްރައިޓަން އިން ޖެހި ރަނގަޅު ޝޮޓްތަކެއް ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގޯލްކީޕަރު، ކެޕާ އަރިއްޒަބަލާގާ ވަނީ މަަތަކޮށްފަ އެވެ.

މި މެޗުން ބްރައިޓަން މޮޅުކޮށްދިން ގޯލު ޖެހީ އޭރިއާބޭރުން ޕެރަގުއޭގެ މިޑްފީލްޑަރު، 19 އަހަރުގެ ޖޫލިއޯ އެންސީސޯ އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިރޭ ޓޮޓެންހަމް އިން ވަނީ އަމިއްލަ ދަނޑުގައި ސޮން ހެއުން މިން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި ބޯންމައުތުގެ މަޓިއަސް ވީނިއާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި ޑޮމިނިކް ސޮލާންކޭ އޭރިއާތެރެއިން ގޯލެއް ޖަހައި، ބޯންމައުތަށް ލީޑުނަގައިިދިނެވެ.

މެޗުގެ ފަހު ވަގުތު ދިޔައީ ފޯރިގަދަކޮށެވެ. ޓޮޓެންހަމްގެ ރިޗާލިސަން ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދިން ކަމަށް ބެލެވުނު ނަމަވެސް އެ ގޯލު ބަަލައިނުގަތީ އެ އެޓޭކްގައި ބައިވެރިވި ޓޮޓެންހަމްގެ އާނައުޓް ޑަންޖޫމާ އޮފްސައިޑް ވުމުންނެވެ. އެކަމަކު، އޭގެ ފަހުން، ލިބުނު ފުރުސަތެއްގައި ޑަންޖޫމާ ވަނީ ގޯލެއް ޖަހައި، ޓޮޓެންހަމް އަށް އެއްވަރުކޮށްދީފަ އެވެ.

ރިޗާލިސަން އަށް ޓޮޓެންހަމް އަށް ލީޑުނަގައިދޭން ލިބުނު ފުރުސަތުގެ ބޭނުންނުހިފިދިޔައިރު، ކައުންޓަ އެޓޭކުގައި ބޯންމައުތު މޮޅުކޮށްދިނީ އެ ޓީމާ ޖެނުއަރީ މަހު ގުޅުނު ޑަންގޯ އޮޓާރާ އެވެ. އޭނާ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޓޮޓެންހަމް އޮތީ 30 މެޗުން 53 ޕޮއިންޓް ހޯދައިގެން ފަސް ވަނައިގަ އެވެ. ޕްރިމިއާ ލީގުގައި ޓޮޓެންހަމް ދަނޑުގައި މުޅިން އަލަށް މޮޅުވި ބޯންމައުތަށް ވަނީ 30 މެޗުން 30 ޕޮއިންޓް ލިބި ލީގުގެ 15 ވަނަ އަށް ޖެހިލައިފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑް އަތުން ވުލްވްސް ވަނީ 2-0 އިން މޮޅުވެފަ އެވެ. ސައުތެމްޓަން ދަނޑުގައި ކްރިސްޓަލް ޕެލަސް 2-0 އިން މޮޅުވިއިރު، އެ ޓީމުގެ ކޯޗުކަމާ އަލުން ރޯއީ ހޮޖްސަން ހަވާލުވި ފަހުން ކުޅުނު ތިން މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. އެވަޓަން ދަނޑުގައި ފުލަމް ވަނީ 3-1 އިން ކާމިޔާބު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox