ވާގޮތް: ފިނިވުމުން ތުރުތުރު އަޅަނީ ކީއްވެ؟

ވާގޮތް: ފިނިވުމުން ތުރުތުރު އަޅަނީ ކީއްވެ؟

ތުރުތުރު އެޅުމަކީ އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ ދަށްވުމުން ވާ ގޮތެކެވެ. އަހަރެމެންގެ އަމިއްލަ ބާރަކާއި ނުލާ ހަށިގަނޑަށް އަންނަ އަމަލެކެވެ. ތުރުތުރު އެޅުމުން މަސްތައް ފިއްތާލާ ހަމަޖައްސާލާ، ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ދެމެހެއްޓުމަށް އެހީތެރިވެދޭ ހޫނު އުފައްދައެވެ. މި ލިޔުމުގައި މި ބަލާލަނީ ފިނި ވުމުން ތުރުތުރު އަޅާ ސަބަބަށެވެ.

އިންސާނުންގެ ހަށިގަނޑުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންވަރަކީ ގާތްގަނޑަކަށް 37 ޑިގްރީ ސެލްސިއަސް އެވެ. އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަހައްޓަނީ ސިކުނޑީގެ "ހައިޕޮތެލަމަސް" ކިޔާ ބައެކެވެ. މިއީ ތާމޯމީޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން މެދުނުކެނޑި ބަލާ، އެއްވަރެއްގައި ބެހެއްޓުމަށް ބަދަލުތައް ގެންނަ ބައެކެވެ.

އަހަރެމެން ފިނި މާހައުލަކަށް ހުށަހެޅޭއިރު، އަހަރެމެންގެ ހަށިގަނޑުގެ ހޫނު ސެންސަރުތަކުން ފިނިހޫނުމިން ދަށްވުން ދެނެގަނެ، ހައިޕޮތެލަމަސްއަށް ސިގްނަލްތައް ފޮނުވައި، ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް އަމާޒުކޮށްގެން ސިލްސިލާ ޖަވާބުތަކެއް އުފެދެއެވެ. ފުރަތަމަ ޖަވާބަކީ "ވެސޯކޮންސްޓްރިކްޝަން" އެވެ. މިއީ ހަމުގައި ހުންނަ ލޭހޮޅިތައް ހަނިވެ، ހަމުގެ ފަށަލަ ތެރެއިން ގެއްލޭ ހޫނުގެ މިންވަރު މަދުކޮށްދޭ ކަމެކެވެ.

Advertisement

މިއީ އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުމަށް އެކަށީގެންވާ ކަމެއް ނޫންނަމަ، ހައިޕޮތެލަމަސް އިން މަސްތަކުގައި ތުރުތުރު އަޅަން ފެށުމަށް އިޝާރާތް ކުރެއެވެ. ތުރުތުރު އެޅުމަކީ އަހަރެމެންގެ ހަށިގަނޑުގެ މެޓަބޮލިކް ރޭޓް އިތުރުކޮށްދީ ހޫނު އުފައްދާ ރިފްލެކްސް ރިސްޕޮންސްއެކެވެ. މިގޮތުން މަސްތައް ހަލުވިކަމާއެކު ފިއްތާލުމުން ހޫނު ހަކަތަ އުފައްދަ އެވެ.

ތުރުތުރު އެޅުމުގެ ސަބަބުން އުފެދޭ ހަކަތަ ބޭނުންކުރަނީ ހަށިގަނޑުގެ ފިނިހޫނުމިން ހޫނުކުރުމަށެވެ. މިކަމުގެ ސަބަބުން ހޫނުމިން 4 ނުވަތަ 5 ޑިގްރީ ސެލްސިއަސް އާއި ހަމައަށް އުފުލެ އެވެ. ތުރުތުރު އެޅުމުގެ ތެރޭގައި އުފެދޭ ހޫނު މުޅި ހަށިގަނޑަށް ބެހިގެންގޮސް، ފިނިވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.

ތުރުތުރު އަޅަނީ ހަމައެކަނި ފިނި ވުމުންނެއް ވެސް ނޫނެވެ. ރޯގާ ޖެހިގެން ނުވަތަ ޝޮކެއް ޖެހުމުން ވެސް ތުރުތުރު އަޅާފައިނެ އެވެ. މި ހާލަތްތަކުގައި ތުރުތުރު އެޅުން އުފައްދަނީ ހައިޕޮތެލަމަސް އިންނެވެ. މިއީ އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނުވަތަ ލޭ ގެއްލޭ މިންވަރު ފޫބައްދަން ހަށިގަނޑުގެ ފިނިހޫނުމިން މަތިކޮށްދޭ އެއްޗެކެވެ.

ތުރުތުރުއެޅުމަކީ އުނދަގޫ ކަމަކަށް ވެދާނެ ނަމަވެސް، މިއީ ފިނި މާހައުލުތަކުގައި ދިރިހުރުމަށް އެހީތެރިވެދޭ ކޮންމެހެން ބޭނުންވާ ނިޒާމެކެވެ. އެއީ އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ވަކި މިންވަރެއްގެ ތެރޭގައި ބެހެއްޓުމާއި ހައިޕޮތަރމިއާ ޖެހުން ހުއްޓުވާ ގުދުރަތީ ޖަވާބެކެވެ.

ފަހުގެ ޚަބަރު

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

Newsletter

Get the latest news delivered straight to your inbox