ބޭންކް އޮފް މޯލްޑިވްސް އިން މާސްޓާކާޑު ކަސްޓަމަރުންނަށް އާ ޕްރޮމޯޝަން އެއް ހުޅުވާލައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ އެ ޕްރޮމޯޝަންގައި މާސްޓާކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ އެޕްރީލް 12 އިން މެއި 9 ގެ ނިޔަލަށެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.










