އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގްގެ ހެރީ ޕޮޓާ ވާހަކަ ފޮތްތަކުގެ މައްޗަށް އާ ކާސްޓަކާ އެކު އާ ޓީވީ ސީރީޒެއް އުފައްދަން ނިންމައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާ ސީރީޒް އުފައްދާނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގަ އެވެ. ކޮންމެ ސީޒަންއެއް ބިނާކުރާނީ ފޮތަކަށެވެ. އެހެންކަމުން ހަތް ފޮތުގެ މައްޗަށް ހަތް ސީޒަން އުފައްދާނެ އެވެ.
ހެރީ ޕޮޓާއަކީ ދުނިޔޭގެ ތާރީހުގައި އެންމެ މަގްބޫލު އެއް ފޮތެވެ. އޭގެ 600 މިލިއަނަށް ވުރެ ގިނަ ކޮޕީ އެކި ގައުމުތަކުގައި ވިކިފައިވެ އެވެ.
މީގެ ކުރިން ނެރުނު ހެރީ ޕޮޓާ ފިލްމު ސީރީޒްގައި ހެރީ ޕޮޓާގެ ރޯލުން ފެނުނީ އެކްޓަރު ޑެނިއެލް ރެޑްކްލިފް އެވެ. އާ ސީރީޒް އުފައްދާނީ ވޯނާ ބްރޯޒް ޑިސްކަވަރީއިންނެވެ.
ޖޭކޭ ރޯލިންގްއަކީ ސީރީޒްގެ އެއް އެގްޒެކްޓިވް ޕްރޮޑިއުސަރުގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.











