ބީޗް ވޮލީބޯޅަ ޗެލެންޖުގައި ވަރުގަދަ ފައިނަލްތަކެއް

Apr 10, 2023, 6:51 AM
ވީއޭއެމް ބީޗް ވޮލީބޯޅަ ސީރީސްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވީއޭއެމް ބީޗް ވޮލީބޯޅަ ސީރީސްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިހާރު ކުރިއަށްގެންދާ މޯލްޑިވްސް ބީޗްވޮލީބޯޅަ ޗެލެންޖުގެ ފައިނަލް މެޗުތަކުގައި ވާދަކުރާ ޕެއާތައް ފައިނަލްވެއްޖެ އެވެ.

ހުޅުމާލޭ ބީޗްވޮލީބޯޅަ ކޯޓުގައި މިރޭ ހަތަރު އިވެންޓެއްގެ ފައިނަލް ކުޅޭނެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު، ހުޅުމާލޭ ޔޫތު ޕާކުގެ ބީޗްވޮލީބޯޅަ ކޯޓުގައި ފެށި މި މުބާރާތަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ކުޅޭ ގައުމީ ލެވެލްގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތެވެ.

ފައިނަލް މެޗުތައް މިރޭ 21:30 ގައި ފަށާއިރު، ކުޅޭނެ ފުރަތަމަ ފައިނަލަކީ 4x4 އަންހެން ޑިވިޝަން ފައިނަލެވެ. ފައިނަލުގައި ވާދަކުރާނީ ފިއޮންތީ ސްޕޯޓްސް ކުލަބާއި ދިވެހި ވޮލީބޯޅަ ވެޓެރަންސް އެވެ. އެ ގޮތުން، 4x4ގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރަނީ އެމްވީވީގެ ޓީމާއި ލެޖެންޑްސް އެވެ.

މި މުބާރާތުގެ ރަސްމީ ދެ ޑިވިޝަންގެ ފައިނަލުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވޭ 2x2ގެ އަންހެން ޑިވިޝަންގެ ފައިނަލުގައި އާމިނަތު އަރީޝާ އާއި އައިޝަތު މާޖިދާގެ ޕެއާ ނުކުންނާނީ ހާއްވާ ރާޝިދާ (ހައްވަ) އާއި ފާތިމަތު ޒީނިޔާ (ޒީ)ގެ ޕެއާ އާ ދެކޮޅަށެވެ.

ފިރިހެން ބައިގެ ފައިނަލުގައި އެންމެ ފަހުގެ ގައުމީ ޗެމްޕިއަނުން ކަމަށްވާ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ނިކުންނާނީ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމްގެ ޕެއާ އާ ދެކޮޅަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަކީ މި ވަގުތު ރާއްޖޭގައި އެއް ވަނަ އަށް ރޭންކް ކުރެވިފައިވާ ބީޗްވޮލީބޯޅަ ޕެއާ އެވެ.

މޯލްޑިވްސް ވޮލީބޯޅަ ޗެލެންޖަކީ މި އަހަރު ބީޗްވޮލީބޯޅަ އަށް ހާއްސަކޮށް ވީއޭއެމުން ކުރިއަށްގެންދާ ބީޗް ޗެލެންޖާސް ސީރީސްގެ ފުރަތަމަ މުބާރާތެވެ. ދެވަނަ މުބާރާތް މި މަހުގެ ފަހުކޮޅު ބާއްވަން ނިންމާފައިވާއިރު، މިއަހަރުގެ ބީޗްވޮލީބޯޅަ ގައުމީ މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.

ބީޗް ޗެލެންޖާސް ސީރީސް އަށްފަހު ގައުމީ ބީޗްވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތައް އަނެއްކާވެސް ފަށާނެ އެވެ. މިއަހަރު ބީޗްވޮލީބޯޅައިގައި ގައުމީ ބީޗް ޓީމަށް އޮތް އެންމެ މުހިންމު މުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox