ބާންލީ ޕްރިމިއާ ލީގަށް: ކޮމްޕެނީ ބުނީ "ޖެހިލުންނުވާނެ ކަމަށް"

Apr 8, 2023, 8:11 AM
ބާންލީ ޕްރިމިއާ ލީގަށް: ކޮމްޕެނީ ބުނީ "ޖެހިލުންނުވާނެ ކަމަށް"

ލަންޑަން (އޭޕްރީލް 8) - ބާކީ ހަތް މެޗު އޮއްވައި، ބާންލީ އަށް އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްދިން ކޯޗު ވިންސެންޓް ކޮމްޕެނީ ދޭން އޮތް މެސެޖަކީ އެ ޓީމުން ޕްރިމިއާ ލީގުގައި ކުޅެން ޖެހިލުންނުވާނެކަން ކަމަށް ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، މި ސީޒަނުގައި ބާންލީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ރޭ މިޑްލްސްބަރާ އަތުން 2-1 އިން ހޯދި މޮޅާ އެކު، މި ފަހަރުގެ ކޮކާކޯލާ ޗެމްޕިއަންޝިޕްގައި ބާކީ ހަތް މެޗު ބާންލީ އަށް އޮއްވައި އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި އަލުން ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

"އަހަރެމެން މި ވަގުތު އަދި ޕްރިމިއާ ލީގަށް ރެޑީވާން ނުޖެހޭ. މިއީ އަދި އޭޕްރީލް، އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅޭނެކަން ޔަގީން މިވީ. ދޭން އޮތް މެސެޖަކީ، ބާންލީ ޕްރިމިއާ ލީގަށް ދާނީ ފުޓްބޯޅަ ކުޅެން، ޖެހިލުންވެގެން، އާދައިގެ ވިސްނުމުގައި ލީގުގައި އޮތުމަކީ ކޯޗިންގައި އަހަރެން ޓީމެއް ގޮވައިގެން ދާން ބޭނުންވާ މިސްރާބެއް ނޫން،" ރޭގެ މެޗަށް ފަހު ކޮމްޕެނީ ބުންޏެވެ.

ބާކީ އޮތް ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެން، ބާންލީ އަށް ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދޭނެ އެވެ. އަދި އެ މެޗުތަކުން 13 ޕޮއިންޓް ހޯދައިގެން ބާންލީ އަށް 100 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ. އެންމެ ފަހުން، ދެ ވަނަ ޑިވިޝަނުގައި 100 ޕޮއިންޓް ހަމަކުރި ޓީމަކީ 2013-2014 ވަނަ ސީޒަނުގައި ލެސްޓާ ސިޓީ އެވެ.

ލީގުގައި ބާންލީ މިހާތަނަށް ކުޅުނު 39 މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، 25 މެޗުން ވަނީ މޮޅުވެފަ އެވެ. މިއީ ބާންލީގެ ތާރީހަށް ބެލިޔަސް ހާއްސަ ސީޒަނެކެވެ. ބާންލީގެ އެލަން ޕޭސް ވިދާޅުވީ ކޮމްޕެނީ އެ ޓީމުގެ ކޯޗަކަށް ގެނައުމަކީ މި ފަހުގެ ތާރީހުގައި ކްލަބްގެ ބޯޑުން ނިންމި އެންމެ ރަނގަޅު އެއް ނިންމުމަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox