ޗައިނާގައި ޗޭނު ޖަހާފައި ހުރި އަންހެނެއްގެ މައްސަލައިގައި ހަ މީހުން ޖަލަށް

އަންހެން މީހާ ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: ޑޮއުޔިން

އަންހެން މީހާ ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: ޑޮއުޔިން

މިދިޔަ އަހަރު ޗައިނާގެ ކުޑަ އަވަށެއްގައި ޗޭނު ޖަހާފައި ހުރި އަންހެނަކު ފެނުނު މައްސަލައިގައި ހަ މީހުން ޖަލަށް ހުކުމްކޮށްފި އެވެ.

އެ އަންހެން މީހާގެ މައްސަލަ ހާމަވުމުން ޗައިނާގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. އަދި ގަދަކަމުން ކައިވެނި ކުރުވަން އަންހެން މީހުން ބަންދުކޮށްގެން ގެންގުޅުން ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް ވެސް ފެށި އެވެ.

ޗޭނު ޖަހާފައި ހުރި އަންހެން މީހާގެ ފިރިމީހާ ނުވަ އަހަރަށް ޖަލަށް ހުކުމް ކުރީ އޭނާ ބަންދުކޮށްގެން ގެންގުޅެ ލާއިންސާނީ އަނިޔާކުރި ކަމަށް ސާބިތުވުމުންނެވެ. ބާކީ ފަސް މީހުންނަށް ކުރީ 8 އަހަރާއި 13 އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެވެ.

އެ މީހުންނަށް ކުރި ހުކުމް މާ ކުޑަ ކަމަށް ބުނެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ޝާއޯވާމެއިގެ ކަރުގައި ޗޭނު ޖަހާފައި ހުއްޓާ ފެނުނީ ޖެނުއަރީ 2022 ގަ އެވެ. ޗައިނާގައި ވްލޮގަރެއް އެ ވީޑިއޯ ނެގީ ޝާއޯވާމެއިގެ އާއިލާ ޝޫޒައު ޕްރޮވިންސްގެ އަވަށުގައި ދިރިއުޅޭ ގޭ ކައިރިންނެވެ. ޝާއޯވާމެއި ބަންދުކޮށްފައި ހުރީ އާއިލާގެ ގެއާ ކައިރީގައި ހުރި ކުޑަ ޖިފުޓިއެއްގަ އެވެ.

އެ ވްލޮގަރު ވީޑިއޯ އާއްމު ކުރުމަށް ފަހު މީހުން ޓްރެފިކް ކުރުމާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ. އޭނާ ބުނީ އުމުރުން 40 އަހަރުގެ ޝާއޯވާމެއިއަށް އަށް ދަރިން ލިބިފައިވާ އިރު، އޭނާއަށް ނަފުސާނީ އެތައް އަސަރެއްކޮށްފައިވާ ކަމަށެވެ.

ޗައިނާގައި އެ ވީޑިއޯ ވައިރަލްވެ، ޝާއޯވާމެއިއަށް އިންސާފު ހޯދަން ބޮޑު ކެމްޕެއިނެއް ފެށި އެވެ. އެކަމަކު އެންމެ ފުރަތަމަ އަވަށުގެ އޮފިޝަލުން ބުނީ އޭނާގެ ފިރިމީހާގެ އަތުގައި ސައްހަ ކައިވެނީގެ ސެޓްފިކެޓެއް އެބަ އޮތް ކަމަށާއި އެއީ ދެމަފިރިންގެ މެދުގައި އޮތް މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން ޝާއޯވާމެއިއަކީ ސިކުނޑީގެ ބައްޔެއް ކަމުގައި ޝިޒޮފްރީނިއާ ހުންނަ މީހެއް ކަމަށާއި ބަންދުކުރަން ޖެހުނީ އެހެންވެ ކަމަށް ވެސް އިދާރާތަކުން ބުނަމުން ދިޔަ އެވެ.

އެހެން ނަމަވެސް އާއްމުން ނުރުހުން ފާޅުކުރުމުން، ޖިނާއީ ތަހުގީގެއް ފެށި އެވެ. އެ މައްސަލައިގެ ގިނަ ކަންކަން ހާމަވީ ކޯޓުން ހުކުމް އިއްވި އިރު އެވެ.

ތަހުގީގުން ޔަގީންވި ގޮތުގައި ޝާއޯވާމެއިއަކީ ފުރާވަރު އުމުރުގައި ޔުނާން ޕްރޮވިންސުން ރަހީނުކުރި ކުއްޖެކެވެ. ޑޮންގްހައި ޕްރޮވިންސްގެ ދަނޑުވެރިޔަކަށް އޭނާ ވިއްކާލީ އެންމެ 600 ޑޮލަރަށެވެ.

އޭގެ އަހަރެއް ފަހުން ދަނޑުވެރިޔާ އޭނާ ވިއްކާލީ، ޝާއޯވާމެރިގެ ފިރިމީހާގެ މައިންބަފައިންނަށެވެ. އެ ގެޔަށް އޭނާ ބަދަލުވި އިރު ނަފުސާނީ މައްސަލަތަކެއް ނެތް ކަމަށް ފަނޑިޔާރުން ނިންމި އެވެ.

އެހެން ނަމަވެސް ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން ސިކުނޑީގެ މައްސަލަ ކުރިމަތިވި ކަމަށް ކޯޓުން ކަނޑައެޅި އެވެ. އާއިލާގެ ގެއިން ނެރި ޖިފުޓީގައި ބަންދުކޮށް ޗޭނު ޖެހީ 2017 ގަ އެވެ.

ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ދަނީ ގާނޫނު އިސްލާހު ކުރަން ގޮވާލަމުންނެވެ. ޗައިނާގައި މީހުން ޓްރެފިކް ކުރުމުގެ އަދަބަށް ދެވޭ އެންމެ ބޮޑު އުގޫބާތަކީ 10 އަހަރުގެ ޖަލު ހުކުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox