ރަށު ނޯޓު: ދެ ވަނަ ފަހަރަށް އާބާދުވި ކިހާދޫ

ބ. އަތޮޅު ކިހާދޫ. 26 ހެކްޓަރުގެ މިއީ ރުކުފަތިން ތަކެތި ވިޔުމުގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ރަށް. -- ފޮޓޯ: އެފްބީ/ ބ. ކިހާދޫ

ބ. އަތޮޅު ކިހާދޫ. 26 ހެކްޓަރުގެ މިއީ ރުކުފަތިން ތަކެތި ވިޔުމުގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ރަށް. -- ފޮޓޯ: އެފްބީ/ ބ. ކިހާދޫ

ބ. އަތޮޅު ކިހާދޫ އިރުމަތީކޮޅުގެ ބޮޑު ސަރަހައްދެއްގައި އާބާދުވެ ބަޔަކު ދިރިއުޅެފައިވާ ކަމުގެ ނިޝާންތައް އެބަ ހުއްޓެވެ. އެ ރަށް ފަޅުވެ، އަލުން އާބާދު ކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސަފުހާގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ގުޅިފައި އޮތީ ކޮން ކަމަކާ ހެއްޔެވެ؟

ކުޑަކުޑަ ކިހާދޫގައި އޭރު ވެސް ދިރިއުޅުމުން ދިޔައީ މަދުބައެކެވެ. ލިޔެކިޔުންތަކުގައި ވާގޮތުން އެންމެ 121 މީހުންނެވެ.

"ކިހާދޫ ރައްޔިތުން ކިހާދޫގެ އެއްމެ އިރުމަތީ ކޮޅުގައި ވަޒަންވެރިވެ ތިބެފައި، ފެން ލޮނުކަމާއި މިނި އާލާ ނުވާތީ އެ ދުވަސްވަރު ރަށުގެ ވެރިންނާއި ރައްޔިތުންނަށް ފެނިގެން ސަރުކާރުން އަމުރު ލިބިގެން އިރުމަތީ އަވަށް ދޫކޮށް ރަށުގެ ހުޅަނގު ކޮޅުން އުތުރު ފަރާތުން ގެ އަޅާނެ ތަނެއް ކޮށާ އެ އަވަށް ބަދަލުވި ތާރީހަކީ ތާރީހަކީ 2 މުހައްރަމް 1350 މިއެވެ،" ކުރީގެ ކަތީބު އާދަމް މުހައްމަދު ފުޅު އޭނާގެ ޑައިރީގައި ލިޔުއްވާފައިވެ އެވެ.

Advertisement

މި ތާރީހުން ބަލާނަމަ 94 އަހަރު ވެއްޖެ އެވެ. ނަމަވެސް ކަތީބު އާދަމް މުހައްމަދު ފުޅުގެ ބައެއް ލިޔުއްވުންތަކުގައި ބުނެފައިވާ ގޮތުގައި ކިހާދޫ މީހުން ފުރަތަމަ ބަދަލުވީ އެ އަތޮޅު ހިތާދޫއަށެވެ. އެ ތާރީހު ކަމަށް ބުނެފައިވަނީ 14 މުހައްރަމް 1390 އެވެ. އަދި ހިތާދޫގައި ތިބުމަށް ފަހު އެ ރަށުގައި އަލަށް އާބާދުވުމަށް މީހުން އައީ 1395 ވަނަ އަހަރު އެވެ. އެއީ މީލާދީން 1975 ވަނަ އަހަރެވެ. އެ ތާރީހުން ބެލި ނަމަވެސް އެ ރަށުގައި އަލުން އާބާދުވިތާ 48 އަހަރުވީ އެވެ.

ދެ ވަނަ ފަހަރަށް ރަށް އާބާދުވިއިރު ހިތާދޫން، ކިހާދޫ އަށް ބަދަލުވީ 118 މީހުން ކަމަށް އާދަމް މުހައްމަދު ފުޅު ލިޔުއްވާފައިވެ އެވެ. އެއީ 51 އަންހެނުންނާއި 67 ފިރިހެނުންނެވެ. އެ ދުވަހު ރަށަށް އެންމެން އެރުމަށް ފަހު އަންހެނުންނާއި ކުޑަކުދިން ދިޔައީ އެބައެއްގެ ގެޔަކަށެވެ. ފިރިހެނުން ދިޔައީ ވަގުތީ ގޮތުން ހަދާފައި ހުރި މިސްކިތަށެވެ.

ބ. ކިހާދޫގައި ކުރިން މީހުން ދިރިއުޅުނު ސަރަހައްދު. -- ފޮޓޯ: ރެފްޓީ
ބ. ކިހާދޫގައި ކުރިން މީހުން ދިރިއުޅުނު ސަރަހައްދު. -- ފޮޓޯ: ރެފްޓީ

ބ. ކިހާދޫގައި ކުރިން މީހުން ދިރިއުޅުނު ސަރަހައްދު. -- ފޮޓޯ: ރެފްޓީ

މިހާރު ކިހާދޫގައި 500 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ދެ ވަނަ ފަހަރަށް އާބާދުކުރި މި ރަށުގެ ރައްޔިތުންނަކީ ތައުލީމީ، އަދި މަސައްކަތްތެރި ބައެކެވެ. މީގެ ޒަމާންތަކެއްގެ ކުރިން އައްޝެއިޚު މުހައްމަދު އަބޫބަކުރު (ދޮންބެ) ރަށުގައި ހުންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމު އުނގެނުމަށްޓަކައި މީހުން އައި ކަމަށް އުމުރުން ދުވަސްވީ މީހުން ބުނެ އުޅޭ ކަމަށް، އެ ރަށުގެ ކައުންސިލްގެ މިހާރުގެ ރައީސް ހުސައިން ޝާފިއު ވިދާޅުވި އެވެ.

ކުރީގެ ކަތީބު އާދަމް މުހައްމަދު ފުޅަކީ، ދޮންބެގެ ދަރިއެކެވެ. އެ ދެބަފައިން ވެސް ވަނީ ނިޔާވެފަ އެވެ.

މިއަދު މި ރަށަށް މީހުން ތައުލީމު ހާސިލްކުރަން އަންނަނީ ކޯސްޓްލައިންއިން ހަދާފައިވާ ޓްރޭނިން ސެންޓަރަށެވެ. އެތަނުގައި އަބަދުވެސް އެކި ކޯސްތައް ހިންގަމުންދެ އެވެ.

ސަފުހާތައް ހުޅުވާލާއިރު، ރުކުފަތިން އެކި ޒާތުގެ ތަކެތި އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ މިރަށެވެ. ވަނަތައް ވެސް ލިބިފައިވެ އެވެ. މިހާރު ވެސް ފަތަހަ ސުންބުނިން ވިއްކަން އެހުރި ރުކުފަތީގެ ތަކެއްޗަކީ ހިތާދޫގެ އުފެއްދުންތަކެވެ.

ކުރިން ފަރުމަސްވެރިކަމުން އާމްދަނީ ހޯދި ނަމަވެސް، މިހާރު މިރަށުގެ ގިނަ މީހުން އާމްދަނީ ހޯދަނީ ރިސޯޓު ވަޒީފާއިންނެވެ. ރަށުގައި އެއް ގެސްޓުހައުސް ހުރިއިރު، ދެ ގެސްޓުހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ހައްލު ނުވެ އޮތް ރަށުގެ ބަނދަރުގެ މައްސަލަ މި ސަރުކާރުން ހައްލުކޮށް، ރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި ރަށަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި މުޅި ރާއްޖެއަށް ނަމޫނާ ދައްކާފައިވާ ރަށެކެވެ.

ގޭގައި އުފެދޭ ކާބޯތަކެތީގެ ކުނި އުކާނުލައި، ބަދަލުކޮށްލަނީ ގަސްކާނާ އަށެވެ. ކުނިގޮނޑު (އެކޯ ސެންޓަރު) ރާއްޖޭގެ އެހެން ހުރިހާ ރަށަކާ ތަފާތެވެ. އެއްވެސް ނުބައި ވަހެއް ނެތެވެ. އެތަނުގައި ކުނި ރިސައިކަލް ކުރުމަށްޓަކައި ޕެކްކޮށް މާލެ ފޮނުވަ އެވެ. އެހެންވެ، އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ކިހާދޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ކިހާދޫ އަކީ މުޅި ރާއްޖެ އަށް ނަމޫނާއެއް ކަމަށެވެ.

ކިހާދޫގައި ކުނި ނައްތާލުން ޒަމާނީކޮށް ނަމޫނާ ރަށަކަށް ބަދަލުކޮށްލީ "ސޮނޭވާ ނަމޫނާ"އާ ގުޅިގެންނެވެ.

ބޮޑުމިނުގައި 26.4 ހެކްޓަރު ހުންނަ މި ރަށުގައި ހަދާފައިވާ ނަލަ ކުޑަނެރު (ޕިކްނިކް އޭރިއާ) އަކީ ވަރަށް ފުރިހަމަ ސަރަހައްދެކެވެ. އަަތޮޅުގެ އެހެން ރަށްރަށުން ވެސް މީހުން ވެސް އެތަނަށް ޕިކްނިކް އާދެ އެވެ. އަދި މިރަށުގެ ދެ ކޮޅުގައިވާ ޑައިވިން ޕޮއިންޓާއި ވަށައިގެންވާ ފަރު ވަނީ ދިރުންތަކުން މުއްސަނދިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox