ޔޫކްރެއިން ހަނގުރާމަ ނިންމަން ޗައިނާގެ އެހީއަށް އެދެފި

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯންއަށް މަރުހަބާ ދެންނެވުމަށް ބެއިޖިންގައި އަސްކަރީ ޕެރޭޑެއް ބޭއްވި. -- ފޮޓޯ: އީޕީއޭ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯންއަށް މަރުހަބާ ދެންނެވުމަށް ބެއިޖިންގައި އަސްކަރީ ޕެރޭޑެއް ބޭއްވި. -- ފޮޓޯ: އީޕީއޭ

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ޗައިނާއިން އެހީތެރިވެ ދިނުމަށް ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އެދިވަޑައިގެންފި އެވެ.

"ރަޝިއާ ހޭލެއްވޭނީ ޗައިނާގެ މަސައްކަތުންކަން އަޅުގަނޑަށް އެނގޭ. މަޝްވަރާގެ މޭޒަށް އެންމެން ގެނެވޭނީ ޗައިނާގެ މަސައްކަތުން،" ބެއިޖިންއަށް ވަޑައިގެން ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި ބައްދަލުވުމުގައި މެކްރޯން ވިދާޅުވި އެވެ.

ޝީ ވިދާޅުވީ ދުނިޔޭގެ ސުލްހަ ރައްކާތެރި ކުރުމުގެ "ޒިންމާ އާއި ގާބިލްކަން" ޗައިނާ އާއި ފްރާންސަށް ލިބިގެންވާ ކަމަށެވެ.

މެކްރޯން މިހާރު ބެއިޖިންއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޔޫކްރެއިން މައްސަލައިގެ އިތުރުން ފްރާންސާއި ޗައިނާގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ބޮޑު ވިޔަފާރި ވަފުދެއްގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އުރްސުލާ ވޮން ޑެ ލެޔެން ވެސް މި ވަގުތު ތިއްބެވީ ބެއިޖިންގަ އެވެ.

ބައްދަލުވުންތަކަށް ފަހު ވޮން ޑެ ލެޔެން ވިދާޅުވީ ސުލްހަ ގެނައުމަށް ޗައިނާގެ ޒިންމާއެއް އެބަ އޮތް ކަމަށާއި ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފި ނަމަ ޗައިނާ އާއި އީޔޫގެ ގުޅުން ވަރަށް ބޮޑަށް ގޯސް ވާނެ ކަމަށެވެ.

ސުލްހަ ގެނެވޭނެ ގޮތުގެ 12 ނުކުތާ ހިމެނޭ ހުށަހެޅުމެއް ޗައިނާއިން އާއްމުކޮށްފައިވާ އިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ޝީ ޖިންޕިންއާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ޝީ ޖިންޕިން މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކަމަކު ވޮން ޑެ ލެޔެން ވިދާޅުވީ "އެންމެ ރަނގަޅު ވަގުތާއި ހާލަތުގައި" ޒެލެންސްކީއާ މަޝްވަރާ ކުރަން ޝީ ޖިންޕިން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.

ބުރާސްފަތި ދުވަހު ރަޝިއާއިން ބުނީ ސުލްހަ ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ އެންމެ ފުރިހަމަ ގާބިލްކަން އޮތީ ޗައިނާއަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox