މެޗު ކުޅޭ ދުވަހު ނޯންޓެސް ކުޅުންތެރިންނަށް ރޯދަ ނުހިފޭނެ

Apr 6, 2023, 11:00 AM
ނޯންޓެސް އަށް ކުޅޭ އަލްޖީރިއާގެ ޑިފެންޑަރު ޖައުއާން ހަދްޖާމް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ނޯންޓެސް އަށް ކުޅޭ އަލްޖީރިއާގެ ޑިފެންޑަރު ޖައުއާން ހަދްޖާމް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 6) - ފްރެންޗް ލީގުގައި ކުޅެމުން އަންނަ ނޯންޓެސް ކުޅުންތެރިން މެޗު ދުވަހު ވެސް ރޯދަ އަށް ހުންނަން ނިންމައިފިނަމަ، އެ ކުޅުންތެރިއަކަށް މެޗު ސްކޮޑުން ފުރުސަތު ނުލިބޭނެ ކަމަށް ނޯންޓެސްގެ ކޯޗު އަންޓުއާން ކޫމްބާރޭ ބުނެފި އެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު، ފްރެންޗް ލީގުގައި ރެއިމްސް އަތުން 3-0 އިން ނޯންޓެސް ބަލިވި މެޗުގައި އެ ޓީމަށް ކުޅޭ އަލްޖީރިއާގެ ޑިފެންޑަރު ޖައުއާން ހަދްޖާމް ނުކުޅެ އެވެ. އޭނާ ނުކުޅުވީ، އެ ދުވަހު ރޯދަ އަށް ހުންނަން ނިންމުމުންނެވެ.

އެކަމާ، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއިރު، މެޗަށް ފަހު، ނޯންޓެސްގެ ކޯޗު ކޫމްބާރޭ ވަނީ މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

Advertisement

"ޖައުއާން (ހަދްޖާމް)، އަށް އެހެން ހެދީ އަދަބެއް ދޭން ވެގެނެއް ނޫން. އަހަރެމެން ކްލަބްގެ މެޑިކަލް ޓީމާ އެންމެނާ މަޝްވަރާކޮށްފައި ކްލަބްގެ ވެރިން ނިންމާފައި އޮތީ، މެޗު ދުވަހުގައި ރޯދަ ހިފާ ކުޅުންތެރިން ސްކޮޑުގައި ނުހިމަނަން. އެކަން ކުުޅުންތެރިންނަށް ވެސް އެނގޭނެ. ރޯދަ ހިފުމާ އަހަރެމެން ދެކޮޅުވަނީކީއެއް ނޫން. މިއީ މި ވަގުތަށް ހެދިފައި އޮތް ގަވައިދެއް،" ކޫމްބާރޭ ބުންޏެވެ.

ފްރާންސަށް އުފަން ނަމަވެސް ހަދްޖާން މިދިޔަ މަހު ވަނީ އަލްޖީރިއާ ގައުމީ ޓީމަށް ކުޅެން ނިންމައި، ނައިޖާ އަތުން އަލްޖީރިއާ މޮޅުވި މެޗުގައި ކުޅެފަ އެވެ.

ފްރާންސްގެ ފުޓްބޯޅަ ލީގުތަކުގެ މެޗުތަކުގައި ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެޗުތައް ނުހުއްޓުވުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ރެފްރީންނަށް އޮތީ އަންގައިފަ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ފްރާންސް ފުޓްބޯޅަ ސަޕޯޓަރުން ވަނީ އެކި މެޗުތަކުގެ ތެރެއިން ދަނޑުގައި ބެނާ ދަމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox