ނަޝީދު ދެއްވި ތަރާވީހަށް މެންބަރުންގެ ޝައުގު ކުޑަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ މެންބަރުންނަށް ބޭއްވި ތާރާވީހުގެ ތެރެއިން - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ މެންބަރުންނަށް ބޭއްވި ތާރާވީހުގެ ތެރެއިން - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ތާރާވީހުގައި ގިނަ މެންބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަން އެނގިއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން ރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ މަދު މެންބަރުންތަކެކެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެންބަރުންގެ ތެެރެއިން ފެންނަނީ ކެޔޮދޫ ދާއިރާގެ މެންބަރު ގާސިމް ހަސަން އެކަންޏެވެ. އެ ފެކްޝަންގެ އެހެން މެންބަރުން ފެންނާކަށް ނެތެވެ.

ދެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެންބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެކަންޏެވެ.

އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރަކު ވެސް ފެންނަން ނެތް އިރު، ދެން ފެންނަނީ ނަޝީދު ފެކްޝަންގެ މެންބަރުންނެވެ. އެ ފެކްޝަންގެ ބައެއް މެންބަރުން ވެސް ނުފެނެ އެވެ.

އެ ރަސްމިއްޔާތު ރައީސް ސޯލިހުގެ ފެކްޝަނުން ބޮއިކޮޓް ކުރީތޯ ސުވާލުކުރުމުން އެ ފެކްޝަންގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް ނޫނީ ވިސްނުމެއް ވެސް މެންބަރުންގެ ތެރޭގައި އޮތް ކަމަކަށް ނުބެލެވޭ ކަމަށެވެ.

"ރޭ ނުވައެއް ޖަހާއިރު އޮތް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން މީޓިން ވެސް، އެ މީޓިން ބައިވެރިވާން ޖެހޭތީ އަޅުގަނޑަށް ވެސް ނުދެވުނީ،" ގިނަ މެންބަރުންނަށް ބައިވެރިނުވެވުނީ ބައެއް އެހެން ކަންކަން ވެސް އޮތުމުން ކަން ފާހަގަކުރައްވައި ރައީސް ފެކްޝަންގެ މެންބަރަކު ވިދާޅުވި އެވެ.

ނަޝީދު ފެކްޝަނަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ތާރާވީހުގެ ރަސްމިއްޔާތު އޮތް ވަގުތު ޓީވީ ޕްރޮގްރާމެއް އޮތުމުން ތަރާވީހުގައި ބައިވެރިނުވެވުނީ ކަމަށެވެ.

"އަޅުގަނޑާއި [ކުޅުދުއްފުށި އުތުރު ދާއިރާގެ] މެންބަރު ޔާސިރު [އަބްދުލް ލަތީފް] އުޅުނީ ސަންގު ޓީވީ ޕްރޮގްރާމެއްގައި އެ ގަޑީގައި، އެހެންވެ އަޅުގަނޑުމެންނަކަށް ވެސް ނުދެވުނު، ގިނަ މެންބަރުންނަށް ވެސް އެފަދަ ގޮތެއް ދިމާވީ ކަމަށް މި ބަލަނީ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުން ގިނަވެ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި، އެއިން އެެއް ފެކްޝަންގެ ލީޑަރަކަށް ހުންނެވި އެ ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު އިސްވެ ބޭއްވި ތަރާވީހުގައި ގިނަ މެންބަރުން ބައިިވެރިނުވެ އެވެ. ގިނަ މެންބަރުންގެ ޝައުގެއް އެއަކަށް ނެތެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެފައި އޮތް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ރައީސްގެ ފެކްޝަނަށެވެ. ފަހުން އެމްޑީޕީއާ ގުޅުނު މެންބަރުންނާ އެކު 67 މެންބަރުން އެ ޕާޓީގައި ތިއްބެވިއިރު، އޭގެ ތެރެއިން ނަޝީދުގެ ފެކްޝަނުގައި ތިއްބެވީ ގާތްގަނޑަކަށް 13 މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox