އިންޑިއާ ފައްޅިއެއްގައި މީހަކު "ގުރުބާން" ކުރި ފަސް މީހުން ހައްޔަރުކޮށްފި

މީހެއްގެ އަތުގައި ބިޑި އަޅުވާފައި.

މީހެއްގެ އަތުގައި ބިޑި އަޅުވާފައި.

އިންޑިއާގެ ފައްޅިއެއްގައި ބޯ ބުރިކޮށްލާފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނުތާ ހަތަރު އަހަރު ފަހުން، އެ މީހާ "ގުރުބާން" ކުރިކަމުގެ ތުހުމަތުގައި ފަސް މީހުން ހައްޔަރުކޮށްފި އެވެ.

އުމުރުން 64 އަހަރުގެ ޝާންތީ ޝޯއަށް ކަތިވަޅިއަކުން ހަމަލާދީ މަރާލީ 2019 ގަ އެވެ. އެއީ އިންޑިއާގެ އިރުއުތުރު ގުވާހަޓީގެ ފައްޅިއަކަށް އޭނާ ޒިޔާރަތް ކުރި ފަހުންނެވެ.

އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ނުލިބި ގިނަ އަހަރުތަކަށް ފަހު، ޝާންތީގެ ހަށިގަނޑު ދެނެގަނެވުނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާއެކު ތަހުގީގު ވަރުގަދަ ކުރި އެވެ.

Advertisement

ގުވާހަޓީ ފުލުހުންގެ ކޮމިޝަނަރު ދިގަންތާ ބަރާހް ނޫސްވެރިންނަށް ވިދާޅުވީ އަންހެން މީހާ މަރާލާނެ ގޮތް ރޭވީ ހައްޔަރު ކުރި ފަސް މީހުން ކަމަށެވެ.

ޖުމްލަ 12 މީހުން އެކަމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އެކަމުގައި އިސްކޮށް އުޅުނީ 52 އަހަރުގެ ޕްރަދީޕް ޕަތަކް އެވެ.

އޭނާ އެކަން ރޭވީ، އޭނާގެ ބޭބެގެ މަރަށް އަހަރު ފުރުން ފާހަގަކުރަން ބާއްވާ ދީނީ އަޅުކަމެއްގެ ގޮތުގަ އެވެ. އިންސާނަކު ގުރުބާން ކުރުމުން ބޭބެގެ ކުށްތައް ފޮހެވޭނެ ކަމަށް އޭނާ ގަބޫލުކުރި ކަމަށް ފުލުހުން ބުންޏެވެ.

ޕަތަކް އާއި އިތުރު ހަތަރު މީހުން ހައްޔަރުކޮށްފަައިވާ އިރު، ވާކީ ހަތް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އިންޑިއާގެ ތަފާސްހިސާބު ދައްކާ ގޮތުން 2014 އާއި 2021 އާ ދެމެދު އިންސާނުން ގުރުބާން ކުރުމުގެ 103 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ އަހަރު ވެރިރަށް ނިއު ދިއްލީގައި ގުރުބާނީއެއްގެ ގޮތުގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު މަރާލުމުން ދެ ފިރިހެނުން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox