ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން ލޯނަށް ގަވައިދުން ފައިސާ ނުދައްކާ ކަސްޓަމަރުންގެ އަތުން ނަގާ ޖޫރިމަނާ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ލޯނަށް ފައިސާ ނުދައްކައިގެން އަރާ "އޯވާޑިއު ޗާޖު" 10 ޕަސެންޓް އިން ދެ ޕަސެންޓްއަށް ކުޑަކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ބީއެމްއެލްގެ ލޯނު އަދި ފައިނޭންޝަލް ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުވަތަ ފެސިލިޓީއަށް ގަަވައިދުން ފައިސާ ނުދައްކާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ނަގާ މިންވަރު ދެ ޕަސަންޓް ކުޑަވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބޭންކުން ވަނީ، ޖޫރިމަނާ އެރުމުން ދުރުވުމަށް ގަވައިދުން ލޯނަށް ފައިސާ ދައްކަން ހަނދާކޮށްދީފަ އެވެ.










