ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި' އަށް ހަދިޔާކޮށްފި އެވެ.
މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މިގޮތުން ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސްގެ އިތުރުން ޕަޒްލްވެސް ހަދިޔާކޮށްފައިވާ ކަަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

ފާއިތުވި އަހަރުގެ ރަމަޟާން މަހު ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި ތިން އަހަރުގެ ރަމަޟާން މަހު ބީއެމްއެލް އިން ވަނީ އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.











