އެވަޓަންއާ އެއްވަރުވިޔަސް ޓޮޓެންހަމް ހަތަރަކަށް

Apr 4, 2023, 12:50 AM
އެވަޓަންއާ އެއްވަރުވިޔަސް ޓޮޓެންހަމް ހަތަރަކަށް

ލިވަޕޫލް (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާސް 1-1 އިން އެއްވަރުވި ނަމަވެސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗަށް ޓޮޓެންހަމް ނުކުތްއިރު އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. އެކަމަކު، ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް އިން ވަނީ މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލައި ގަދަ ހަތަރަކަށް ވަދެފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރެއްގައި އޮތް ޓޮޓެންހަމް އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ނިއުކާސަލް އާއި ޔުނައިޓެޑް 27 މެޗު ކުޅުނުއިރު، ޓޮޓެންހަމް އިން ވަނީ 29 މެޗު ކުޅެފަ އެވެ.

އެވަޓަން އަށް މި މެޗުގައި މައްސަލަ ދިމާވީ 57 ވަނަ މިނިޓްގައި އެ ޓީމުގެ އަބްދުﷲ ޑޮކޫރޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ 10 ވަރަކަށް މިނިޓް ފަހުން ހެރީ ކޭން ވަނީ ޕެނަލްޓީ އަކުން ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. މިއީ، އެވަޓަންގެ މައިކަލް ކީން އެ ޓީމުގެ އޭރިއާތެރެއިން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

Advertisement

މެޗުގެ 88 ވަނަ މިނިޓްގައި ކީން އަށް ކުރި ފައުލަކަށް ޓޮޓެންހަމްގެ ލޫކަސް މޯރާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ކީން ވަނީ އޭރިއާބޭރުން ގޯލު ޖަހައި، އެވަޓަން އަށް މުހިންމު ޕޮއިންޓެއް ހޯދައިދީފަ އެވެ. މި ޕޮއިންޓާ އެކު އެވަޓަން ވަނީ ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ. އެއީ، 29 މެޗުން 27 ޕޮއިންޓް ހޯދައިގެން 15 ވަނަ އަށް ޖެހިލައިގެންނެވެ.

ރޭގެ މެޗަކީ ޓޮޓެންހަމްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަަމަ މެޗެެވެ. ޓޮޓެންހަމަށް އާ ކޯޗެއް ހަމަޖެހެންދެން އިރުޝާުދުދޭނީ ކޮންޓޭގެ އެސިސްޓަންޓަކަށް ހުރި ކްރިސްޓިއަން ސްޓެލީނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox