މެލޭޝިއާގައި މަރުގެ ހުކުމް ތަންފީޒު ކުރުން އުވާލައިފި

މެލޭޝިއާގައި މަރުގެ ހުކުމާ ދެކޮޅަށް މީހަކު ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭޕީ

މެލޭޝިއާގައި މަރުގެ ހުކުމާ ދެކޮޅަށް މީހަކު ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭޕީ

މެލޭޝިއާގައި މަރުގެ ހުކުމް ތަންފީޒު ކުރުން އުވާލަން އެ ގައުމުގެ ޕާލަމެންޓުން ނިންމައިފި އެވެ.

އެގޮތަށް ނިންމި އިރު، މަރުގެ ހުކުމް އިއްވާފައި ތިބި 1،300 އަށް ވުރެ ގިނަ ކުށްވެރިން ޖަލުތަކުގައި އެބަ ތިއްބެވެ.

މެލޭޝިއާއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން މަރުގެ ހުކުމް ތަންފީޒު ކުރުން މެދުކަނޑާލައިފަ އެވެ.

އެ ހުކުމް އުވާލަން ޕާލަމެންޓުން ނިންމުމާ އެކު، މީހުން މެރުމާއި ޓެރަރިޒަމް ހިމެނޭ ގޮތަށް ސީރިއަސް 11 ކުށަކަށް ދެމުން އައި އަދަބު ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަށެވެ.

އެހެން ނަމަވެސް ހާއްސަ ކޭސްތަކުގައި މަރުގެ އަދަބު ދިނުމުގެ ހައްގު ފަނޑިޔާރުންނަށް ލިބޭނެ އެވެ.

ހޯމަ ދުވަހު ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ލޯ މިނިސްޓަރު ރާމްކަރްޕާލް ސިންގް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކޮށްގެން ކުށް ކުރުން މަދު ނުވާ ކަމަށެވެ.

ޕާލަމެންޓުގެ ތިރިގެއިން ހޯމަ ދުވަހު ފާސްކުރި ބަދަލު، ޕާލަމެންޓުގެ މަތިގެއިން ވެސް ފާސްކުރަން ޖެހެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ފަސޭހަކަމާ އެކު މަތިގެއިން އެކަމަށް ރުހުން ލިބޭނެ އެވެ.

އާ ގާނޫނުގެ ދަށުން މިހާރު މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ހުކުމް އަލުން މުރާޖައާ ކުރުމަށް އެދި ހުށަހަޅަން 90 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ދުނިޔޭގައި މަރުގެ އަދަބު ތަންފީޒު ކުރަނީ 53 ގައުމެއްގަ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޗައިނާ އަދި ސިންގަޕޫރު ހިމެނެ އެވެ.

ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން މެލޭޝިއާގައި 1992 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް 1،318 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox