ޔުނައިޓެޑް ބަލިކޮށް ނިއުކާސަލް ތިން ވަނަ އަށް

Apr 2, 2023, 7:11 PM
ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ހަތަރު އަހަރު ތެރޭ ޔުނައިޓެޑް އަތުން ލީގުގައި ނިއުކާސަލް އިން ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމުން ލީގުގެ ތިން ވަނަ އަށް އެރީ ލަނޑުގެ ތަފާތުންނެވެ. އެ ގޮތުން ތިން ވަނައިގައި އޮތް ނިއުކާސަލާއި ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 27 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލަށް 22 ފައިދާ ގޯލު އޮތްއިރު، ޔުނައިޓެޑްގެ އޮތީ ހަތަރު ގޯލެވެ.

ނިއުކާސަލްގެ ސެއިން ޖޭމްސް ޕާކުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ނިއުކާސަލް އިން ލީޑުނެގިޔަނުދީ ހިފެހެއްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. ނިއުކާސަލްގެ އަލެކްސަންޑަ އައިސާކް އާއި ޖޯ ވިލޮކް ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ޑެހެއާގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

Advertisement

މެޗުގައި ނިއުކާސަލް އިން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 65 ވަނަ މިނިޓްގައި ނިއުކާސަލަށް ލީޑުނަގައިދިނީ ވިލޮކް އެވެ. މިއީ އޭރިއާތެރެއިން ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް ނެގި ހުރަހަކުން، އަލަން ސެއިންޓް މެކްސިމައިން ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ވިލޮކް ބޮލުން ޖެހި ގޯލެކެވެ.

ލީޑުފުޅާކުރަން ކޯނަރެއްގައި ނިއުކާސަލްގެ ޖޮއެލިންޓަން ބޮލުން ޖެހި ބޯޅަ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ނިއުކާސަލަށް ދެ ވަނަ ގޯލު ޖަހައިިދިނީ ބަދަލަކަށް ކުޅެން އެރި ކަލުމް ވިލްސަން އެވެ. ވިލްސަން މި ލަނޑު ޖެހި ކިއެރަން ޓްރިޕިއޭ ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ.

މި މެޗުގައި ވެސް ގޯލެއް ނުޖެހި ޔުނައިޓެޑުން ނިންމާލަން ޖެހުނުއިރު، މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ލީގުގައި ޔުނައިޓެޑުން ލަނޑެއް ނުޖަހައި ތިން މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މި މޮޅާ އެކު ނިއުކާސަލް އިން ލީގު ތާވަލުގައި ޔުނައިޓެޑަށް ވުރެ ކުރިއަށް ޖެހިލިއިރު، އެންމެ ފަހުން ލީގުގައި ޔުނައިޓެޑަށް ވުރެ ކުރިން ސީޒަނެއް ނިންމީ މީގެ 46 އަހަރު ކުރިންނެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ލީޑުނުނެގުމުން ކަންބޮޑުވި ކަމަށެެވެ. އެކަމަކު، އެ ހުރިހާ ކަަމަކަށް ފޯކަސް ކޮށްގެން ދެ ވަނަ ހާފުގައި ނިއުކާސަލް އިން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުކުރުމުން އެކަމާ ހިތްހަމަޖެހޭ ކަމަށް ހޯވް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ހަގީގަތަށް ވާހަކަދައްކާނަމަ ބުނަން ޖެހެނީ އެންމެ ބޭނުންވާ އެއްޗެއް ނޫން ކަމަށެވެ. ޓެން ހާގް ބުނީ މެޗު ދިޔަ ގޮތާއި ދެ ޓީމުން ކުރި މަސައްކަތަށް ބަލާއިރު، ނިއުކާސަލް އިން ދެއްކީ މޮޅެއް ހައްގުވާވަރުގެ ހިތްވަރެއް ކަމަށެވެ.

ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސައުތެމްޓަން ބަލިކޮށް ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ މޮރޮކޯގެ ޑިފެންޑަރު ނައީފް އަގުއާޑް ބޮލުންނެވެ. ވެސްޓް ހޭމް މި މޮޅާ އެކު، ލީގުގެ 14 ވަނަ އަށް ޖެހިލީ 27 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ސައުތެމްޓަން ލީގުގެ ފުލުގައި އޮތީ 29 މެޗުން 23 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox