ގުދަން ހުރީ ކުޅިވަރު އިމާރާތެއް އެޅުމަށް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއްގައި: ޔޫތު މިނިސްޓްރީ

ރުމާލު 2 ޖަގަހަ ހުރި ތަނުގައި ހުރި ޔޫތު މިނިސްޓްރީގެ ގުދަން ސިޓީ ކައުންސިލުން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: މިނިސްޓަރު މަހުލޫފް

ރުމާލު 2 ޖަގަހަ ހުރި ތަނުގައި ހުރި ޔޫތު މިނިސްޓްރީގެ ގުދަން ސިޓީ ކައުންސިލުން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: މިނިސްޓަރު މަހުލޫފް

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ހުސްކުރަން މަސައްކަތް ކުރި ޔޫތު މިނިސްޓްރީގެ ގުދަން ހުރި ބިމަކީ ސިޓީ ކައުންސިލެއް ބިމެއް ނޫން ކަމަށާއި ސަރުކާރުން އެ ބިން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ކުޅިވަރު ކުޅޭ އިމާރާތެއް އެޅުމަށް ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔޫތު މިނިސްޓްރީގެ ގުދަން ހުރީ ކުރިން ރުމާލު 2 ޖަގަހަ ހުރި ކޮށީ (މާލޭގެ 353 ނަންބަރު ކޮށި) ގަ އެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ގޮސް ހުކުރު ދުވަހުގެ ރޭ އެ ގުދަން ހުސްކުރަމުން ދަނިކޮށް ހުއްޓުވީ ފުލުހުންނެވެ

އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ބުނެ އިއްޔެ ނެރުނު ބަޔާނަށް ރައްދު ދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނުގައި ބުނެފައި ވަނީ މާލޭގެ 353 ނަންބަރު ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި މެއި 15، 2019 ގައި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވާ ބިމެއް ކަމަށާއި އެ ބިމުގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ވެސް ޕްލޭނިން މިނިސްޓްރީން ނޮވެމްބަރު 15، 2019 ގައި ދީފައިވާ ކަމަށެވެ.

"16 ޖެނުއަރީ 2022 ގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާއިން މި މިނިސްޓްރީއަށް ފޮނުވި ޗާޓުގައިވެސް މި ބިމަކީ މި މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަން ސާފުކޮށް އެނގެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބިމުގައި އަޅާ ވޮލީބޯޅަ އިންޑޯ އިމާރާތުގެ ކޮންސެޕްޓު ކުރެހުން ޖޫން 23، 2021 ގައި ޕްލޭނިން މިނިސްޓްރީން ފާސްކޮށްދީފައިވާ ކަމަށާއި ޑީޓެއިލް ކުރެހުން ފާސްކޮށްދިނުމަށްޓަކައި ގުޅުންހުރި ހުރިހާ ލިޔުންތަކާއެކު ކައުންސިލަށް ހުށަހެޅާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ ކުރެހުން ފާސްނުކޮށްދީ ދިގު ދެމިގެންދާތީ މިދިޔަ އަހަރުގެ ވެސް ސިޓީއެއް ފޮނުވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ވޮލީބޯޅަ އިންޑޯ އިމާރާތް އެޅުމަށް ސިޓީ ކައުންސިލާއެކު މުއާމަލާތްތައް ކުރެވިފައިވާއިރު، އެއީ އެ މިނިސްޓްރީގެ ބިމެއްކަން ސާފުކޮށް އެނގެން އޮންނާނެ ކަމަށާއި މީގެ ކުރިން އެއްވެސް މަރުހަލާއެއްގައި އެއީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް އެ ކައުންސިލުން ބުނެފައި ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox